ތެލުގެ ސަބަބުން ލިބޭ ގެއްލުން

ތެލުލި ކާނާ ބޭނުންކުރުމުން ހިތަށް ލިބޭ ގެއްލުންތައް ގިނަ

ތެލުލި ކާނާ ބޭނުންކުރުމުން ހިތަށް އަދި ހަށިގަނޑަށްވެސް ލިބޭ ގެއްލުންތައް ގިނައެވެ.ތެލުލި ކާނާ ކެއުމުން ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާތަކުން ބުނެއެވެ.އަދި ހަމަ މިއާއެކު ސުޓްރޯކް ޖެހުމުގެ ފުރުސަތުވެސް ބޮޑުކަމަށް މި ދިރާސާތަކުގައި ބުނެއެވެ.

ތެލުލި ކާނާ ބޭނުން ކުރެވޭ މިންވަރު ގިނަ ނަމަ ހިތުގެ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު 28 ޕަސެންޓަށް އިތުރުވެއެވެ.އަދި ހަމަ މިއާ އެކު ކޮރަނަރީ ހާޓް ޑިޒީޒްގެ ނުރައްކާ 22 ޕަސެންޓަށް އަދި ހިތް ހުއްޓުން ފަދަ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ 37 ޕަސެންޓަށް އިތުރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ބާޒާރުން ގަންނަ ފްރައިޑް އަދި ޕްރޮސެސްޑް ކާނާތަކަކީ ޓްރާންސް ފެޓް ގިނަ އަދަދަކަށް އެކުލެވޭ ކާނާތަކެއްކަމަށް ދިރާސާތަކުން ބުނެއެވެ.ތެލުލި ކާނާއަކީ ހަށިގަނޑަށް ވަރަށްވެސް ނުރައްކާތެރި އެއްޗެކެވެ.ތެލުލި ކާނާ ތައްޔާރު ކުރުމުގައި އޮތް ނުރައްކަލަކީ އެ ކާނާ ތައްޔާރު ކުރުމުގައި ތެލުގައި އެކުލެވޭ ފެޓްތައް ކާ އެއްޗެހީގެ ތެރެއަށް ވަދުމެވެ.މިކަމުގެ ސަބަބުން ކެލަރީ އިންތިހާއަށް އިތުރުވުމަށް މަގުފަހިވެއެވެ.

ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުންނަމަ ހަފްތާއަކަށް 114 ގްރާމް ޖޯޑު ތެލުލި ކާނާ ކެވޭނަމަ ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު 3 ޕަސެންޓަށް އިތުރުވެއެވެ.އަދި ހިތުގެ ބަލިތަކަށް މަގުފަހިވުން 2 ޕަސެންޓަށް އިތުރުވެއެވެ.އަދި ހިތް ހުއްޓުމުގެ ފުރުސަތު 12 ޕަސެންޓަށް ބޮޑުވާކަމަށް މި ހެދި ދިރާސާ ރިޕޯޓްގައިވެއެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ތެލުލި ކާނާގެ އިތުރުން ޓްރާންސް ފެޓް އެކުލެވޭ އެއްޗެހީގެ ތެރޭގައި އާއްމުކޮން އަހަރެން ބޭނުންކުރުމަށް ދެވި ހިފާފައިވާ ތަކެތި ހުރިކަން ފާހަގަ ކޮށްލާނަމެވެ.މިފަދަ ތަކެތީގެ ތެރޭގައި:

*ގަނޑުކުރި ޕިއްޒާ

*ކޭކް

*ކޮފީ ކުރީމް

*ކުކީޒް

*ބިސްކޯދު

 

މި ދެންނެވި ބާވަތްތަކަކީ އޭގައި ޓްރާންސް ފެޓް އެކުލެވޭ ތަކެއްޗެވެ.ފުރިހަމަ ސިއްހަތެއް ބޭނުންކަމަށްވާ ނަމަ ހުރިހާ އެއްމެންވެސް ތެލުގެ ބާވަތްތައް ބޭނުންކުރުން މަދުކުރަން ޖެހެއެވެ.ރަނގަޅު ގޮތަކީ ބޭނުން ކުރުން ހުއްޓާލުމެވެ.

 

 

ލިޔުންތެރިޔާގެ