ބާނި އޮންލައިން އިން ގެނެސްދޭ ސުފުރާ މި ސެގްމެންޓަށް ހުރިހާ ކިޔުންތެރިންނަށް މަރުހަބާ މި ބައިގައި އަޅުގަނޑުމެން މިގެނެސްދެނީ ކާ ތަކެތި ރައްޔާރު ކުރާނެ ގޮތުގެ މައުލޫމާތެވެ.އެގޮތުން މިއަދު ގެނެސްދޭން މި އުޅެނީ ޗިކަން ޕޮޕާސް ތައްޔާރުކޮށްލާނެ ގޮތުގެ މައުލޫމާތެވެ.
:ބޭނުންވާ ތަކެތި
1 ޖޯޑު ކްރީމް ޗީޒް (ވިޕް ކޮށްފައި)
3 ޖޯޑު މޮޒަރެއްލާ ޗީޒް
2 ޖޯޑު ކުކުޅު (ކުދިކޮށް ކޮށައި ތެއްލާފައި)
½ ޖޯޑު ރެޑް ބެލްޕެޕާ (ކުދިކޮށް ކޮށާފައި)
½ ޖޯޑު ގްރީން ބެލްޕެޕާ (ކުދިކޮށް ކޮށާފައި)
½ ޖޯޑު ބާބަކިއު ސޯސް
2 ބިސް
ފުށްކޮޅެއް
ޕާންކުނޑި
ތައްޔާރުކުރާނެ ގޮތް:
ތައްޓެއްގެ ތެރެއަށް ކްރީމް ޗީޒް، މޮޒަރެއްލާ ޗީޒް، ކުކުޅު ކޮޅު، ބެލްޕެޕާ ކޮޅު އަދި ބާބަކިއު ސޯސް އެޅުމަށްފަހު މި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
އަދި ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު އޭގެ ތެރެއަށް މި ކުކުޅު މަސްގަނޑު އަޅައި ރަނގަޅަށް ފަތުރާލާށެވެ. އެއަށްފަހު ސެޓް ކޮށްލަން ގަޑިއިރެއް ވަންދެން ފުރިޖުގައި ބަހައްޓާށެވެ.
ފުރިޖުން ނެގުމަށްފަހު ވަޅިއަކުން މި މަސްގަނޑު ހަތަރެސްކަން ކިއުބްތަކެއް ގޮތަށް ކަފާލުމަށްފަހު، ކޮންމެ ކިއުބަކުން ތިނެސްކަން ދެ އެތި ކޮޅު ނެގޭ ގޮތަށް ކަފާލާށެވެ.
އެއަށްފަހު ބިހާއި ފުށް އަދި ފާންކުނޑި ވަކިވަކިން ތިން ތައްޓަށް އަޅާށެވެ. އަދި ކެފި އެތިކޮޅުތައް ފުރަތަމަ ފުށަށް ދެން ބިހަށް އަދި ފާންކުނޑިއަށް ލުމަށްފަހު ބިހާއި ފާންކުނޑީގެ ދެ ކޯޓު ލާށެވެ.
ދެން ތަވައަކަށް ތެޔޮ އެޅުމަށްފަހު މި އެއްޗެހިތައް ރަން މުށިކުލަ އަރަންދެން ތެއްލާލާށެވެ. ހިހޫވުމުން އެހެރީ ކާން ތައްޔާރުވެފައެވެ. މި ޗިކަން ނާޗޯސްތައް މަޔޮނައިސް ނޫނީ ސޯސްއަކާ ޖައްސާލައިގެން ކާލަން މީރު ވާނެއެވެ.