ރ. އަތޮޅު ދެކުނުގައި އެއަރޕޯޓު އަޅާނެ ރަށެއް ނިންމަން ރައްޔިތުންގެ ވޯޓެއް ނަގަން އެއަތޮޅު ކައުންސިލުން ނިންމައިފި

ރ. އަތޮޅުގެ ދެކުނުގައި އަޅާ އެއަރޕޯޓު ފައިނުގައި އަޅަން ނިންމާފައިވަނިކޮށް، އެއާޕޯޓު އަޅާނެ ރަށެއް ކަނޑައެޅުމަށް ރ. އަތޮޅުގެ ހުރިހާ ރައްޔިތުންގެ ވޯޓެއް ނަގަން އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

 ތިމާވެއްޓަށް ލިބޭ ގެއްލުންތައް ބޮޑުވުމުން ނާޅަން ނިންމި ރ. ފައިނު އެއަރޕޯޓު އަޅަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުވީ ރިޔާސީ ކެމްޕޭނުގައި ރ. އިނގުރައިދޫއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ފައިނުގައި އަޅާ އެއަރޕޯޓުގެ މަސައްކަތުގެ ސާވޭތަށްވެސް ފަށާފައިވަނިކޮށް އެއަތޮޅު ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައިނު ގައި އެއާޕޯޓުގައި އެއާޕޯޓުއަޅަން ވައުދުވެ ސާވޭގެ މަސައްކަތްތަށް ފަށާފައިވާއިރު އެއާޕޯޓު އަޅަން ޕްލޭނިން މިނިސްޓްރީން ހެދި ކޮންސެޕްޓްގައި ވާގޮތުން މީހުން ދިރިއުޅެން ދޫކޮށްފައިވާ 21 ގޯއްޗެއް އެއާޕޯޓަށް އަރާ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެއެވެ. އަދި އެ ކޮންސެޕްޓްގައިވާ ގޮތުން ރަށުގެ އިރުމަތީ ފަރާތުން ނަގަންޖެހޭ ގެވަޅުތައް ރަށުގެ ހުޅަނގު ފަޅިން ގޯތި ދޫކުރަން ހުރި ބިންތަކަށް ބަދަލުކުރަންޖެހޭކަން އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ލިޔުންތެރިޔާގެ