ފިލްމްތަކުން: ދިވެހި ފިލްމް”ވެހޭ ވާރޭ ތެރެއިން”

ފިލްމްތަކުން މި ބަޔަކީ އަޅުގަނޑުމެން ބާނި އޮންލައިންގެ ފަރާތުން ގެނެސްދޭ ތަފާތު ބައެކެވެ.އެގޮތުން ފިލްމްތަކުން މި ބައިގައި އަޅުގަނޑުމެން މި ބަލާލަނީ ފިލްމްތަކުގެ މައުލޫމާތުތަކެވެ.އެ ދުވަހެއްގައި ހިމަނާލާ ފިލްމެއްގެ ފުރިހަމަ މައުލޫމާތު “ފިލްމްތަކުން”މިބައިގައި ގެނެސްދެވޭނެއެވެ.

ފިލްމްތަކުން މިބައިގައި މިއަދު މި ބަލާލަނީ ދިވެހި ފިލްމް “ވެހޭ ވާރޭ ތެރެއިން”މި ފިލްމަށްށެވެ.ދިވެހި ފިލްމް ވެހޭ ވާރޭ ތެރެއިން މި ފިލްމަކީ ލޯބީގެ ވަރަށް ރީތި ފިލްމެކެވެ.ކުދިން ބަހައްޓާ ގެއެއްގައި އުޅެމުން ދިޔަ ނިކަމެތި އަންހެން ކުއްޖަކަށް އެގޭ ވެރިމީހާގެ ފަރާތުން ލިބެމުން ދިޔަ ޖިންސީ އަނިޔާތަކުން ސަލާމަތްވުމަށްޓަކައި އެ އަންހެން ކުއްޖާ މީހަކާ ކައިވެނިކޮށްގެން ފިރިމީހާ ފަރާތުންވެސް ލިބެމުން ދިޔަ ވޭނާ ހިތްދަތިކަން މި ފިލްމްއިން ފެނިގެންދާނެއެވެ.

ދިވެހި ފިލްމް “ވެހޭ ވާރޭ ތެރެއިން”ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރ އަބްދުލް ފައްތާހުއެވެ.އަދި މި ފިލްމް ޕްރޮޑިއުސްކޮށްފައިވަނީ ސިހާމް ރަސީދު އަދި އަބްދުލް ފައްތާހުއެވެ.މި ފިލްމްގެ ވާހަކަ ލިޔެފައިވަނީ އިބްރާހިމް ވަހީދުއެވެ.ފިލްމްގެ ސުކްރީން ޕްލޭ ހަދާފައިވަނީ އަބްދުލް ފައްތާހް އަދި އަހްމަދު އަޔާޒްއެވެ.ފިލްމްގެ މިއުޒިކް ހަދާފައިވަނީ ހުސެއިން ސޮބާހްއެވެ.މި ފިލްމްގެ ސިނެމަޓްގްރަފީ ހަދާފައިވަނީ ސާނިޒްއެވެ.މި ފިލްމް އެޑިޓްކޮށްފައިވަނީ ސާނިޒްގެ އިތުރުން އަބްދުލް ފައްތާހްއެވެ.

ފިލްމްގެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު(އާޒިމް)،ޖަމްސީދާ އަހްމަދު(ލިއުސާ)،މުހައްމަދު ސާވިން(މުހައްމަދު ޒިޔާން)،ހަދީޖާ އިބްރާހިމް ދީދީ(އައިމިނަތު ނަތާސާ)،އާމިރާ އިސްމާއިލް(ނަރީމާ)،އައިމިނަތު ރަސީދާ(އާޒިމްގެ މަންމަ)،ކޮއްޔަ ހަސަން މަނިކު(އާސިމް)،ފައުޖިއްޔާ ހަސަން(ޒިޔާންގެ މަންމަ)،އަހްމަދު ސައީދު(ނާފިލް)،އަހްމަދު ސާހް(އާޒިމްގެ ރައްޓެއްސެއް)،މުހައްމަދު ފައިސަލް(އާޒިމްގެ ރައްޓެއްސެއް)،ވަލީދާ ވަލީދު(ހާއްސަ ފެނިލުމަކުން ލަވަ “ހަމަ ނިދި ނުނިދޭނޭ”)،ސިއްތިފުޅު(ހާއްސަ ފެނިލުމަކުން ފަންޑިތަ ހަދާ މީހެއް)،އަހްމަދު އާސިމް (ހާއްސަ ފެނިލުމަކުން ނަތާސާގެ ބިޓު)ހިމެނެއެވެ.

ފިލްމްގެ ލަވަތަކަށް ބަލާލާއިރު ޖުމްލަ މިފިލްމްގައި 6 ލަވަ ހިމެނިފައިވެއެވެ. އޭގެ ތެރޭގައި:

1.ޖާދޫގާ ޖެހޭނޭ

މި ލަވައިގެ ޅެން ހަދާފައިވަނީ އީސާ ސަރީފްއެވެ.މި ލަވަ ކިޔާފައިވަނީ މުހްތާރް އާދަމް އަދި އައިސަތު އިނާޔާއެވެ.މި ލަވައިގައި ހަރަކާތްތެރިވަނީ ޔޫސުފް ޝަފީއު އާއި ހަދީޖާ އިބްރާހިމް ދީދީއެވެ.

2.ނަން ބުނަން ކެރޭނެހޭ

މި ލަވައަކީ ވެސް އީސާ ސަރީފް ހަދާފައިވާ ޅެމެކެވެ.މި ލަވަ ކިޔާދީފައިވަނީ އަބްދުލް ބާރީ އަދި ޝިފާ ތައުފީގް އެވެ.ލަވައިގެ ހަރަކާތްތެރިވެފަވަނީ ޖަމްސީދާ އަހްމަދު އަދި ޔޫސުފް ޝަފީއުއެވެ.

3.ޔާރާއޭ ލޯތްބެއް ނުވޭހޭ

މި ލަވައިގެ ޅެންހަދާފައިވަނީ އީސާ ސަރީފުއެވެ.މި ލަވަ ކިޔާފައިވާ ފަންނާނުންނަކީ މަރިޔަމް އުނޫޝާ އަދި މުހައްމަދު ޒައިދުއެވެ.މި ލަވައިގެ ތަރިންގެ ތެރޭގައި ހިމެނެނީ ހަދީޖާ އިބްރާހިމް ދީދީ އަދި ޔޫސުފް ޝަފީއުއެވެ.

4.އައި ލަވް ޔޫ

އައި ލަވް ޔޫ މި ލަވައިގެ ވެސް ޅެން ހަދާފައިވަނީ އީސާ ސަރީފުއެވެ.ލަވަ ކިޔާފައިވަނީ މުއާވިއަތު އަންވަރުއެވެ.މި ލަވައިގެ ތަރިންގެ ތެރޭގައި ހިމެނެނީ ޖަމްސީދާ އަދި ސާވިން އެވެ.

5.ކަލާ ކަލާ

ކަލާ ކަލާ މި ލަވައިގެ ޅެން ހަދާފައިވަނީ އީސާ ސަރީފުއެވެ.އަދި މި ލަވަ ކިޔާފައިވަނީ އައިސަތު އިނާޔާއެވެ.މި ލަވައިގެ ތަރިންނަކީ އާމިރާ އަދި ސާވިންއެވެ.

6.ހަމަ ނިދި ނުނިދޭނޭ

މި ލަވައަކީވެސް އީސާ ސަރީފުގެ ޅެމެކެވެ.ލަވަ ކިޔާފައިވަނީ އައިސަތު އިނާޔާ އަދި މުހްތާރް އާދަމްއެވެ.ލަވައިގެ ތަރިންނަކީ ވަލީދާ ވަލީދު،ޔޫސުފް ޝަފީއު،ޖަމްސީދާ،އަދި ޑާންސް ގުރޫޕް އެވެ.

ފިލްމް ލަވަތަކަށް ބަލާލާއިރު މި ފިލްމްގެ ހުރިހާ ލަވަތަކެއްގެ ޅެން ހަދާފައިވަނީ އީސާ ސަރީފުކަން ފާހަގަކޮށްލަމެވެ.

ފިލްމް”ވެހޭ ވާރޭ ތެރެއިން” މި ފިލްމަށް ލިބިފައިވާ ކާމިޔާބީތަކަށް މި ހިސާބުން ބަލާލާނަމެވެ.އެގޮތުން:

2007 ވަނަ އަހަރު ބޭއްވި 4 ވަނަ ގައުމީ ފިލްމް އެވޯޑްސް އިން “އެންމެ މޮޅު ފިލްމް”އަކަށް ވެހޭވާރޭ ތެރެއިން ވަނީ ހޮވިފައެވެ.އަދި ހަމަ “އެންމެ މޮޅު ޑައިރެކްޓަރ”އަކަށް އަބްދުލް ފައްތާހް ވަނީ ހޮވިފައެވެ..ބެސްޓް އެކްޓަރ” އަކަށް ޔޫސުފް ޝަފީއު ވަނީ ހޮވިފައެވެ.”ބެސްޓް ސުކްރީން ޕްލޭ” އަބްދުލް ފައްތާހް ވަނީ ހޯދާފައެވެ. އަދި ހަމަ “ބެސްޓް އާރޓް ޑައިރެކްޓަރ” އަބްދުލް ފައްތާހްވަނީ ހޯދާފައެވެ.”އަދި ހަމަ ބެސްޓް މޭކްއަފް”ގެ ބައިވެސް އަބްދުލް ފައްތާހް ވަނީ އެވޯޑް ހޯދާފައެވެ.

“ބެސްޓް އެކްޓަރެސް”އަކަށް ޖަމްސީދާ އަހްމަދު ވަނީ ނޮމިނޭޓެޑް ވެފައެވެ.”ބެސްޓް ސަޕޯޓިންގް އެކްޓަރ”އަކަށް މުހައްމަދު ސާވިން ވަނީ ނޮމިނޭޓެޑް ވެފައިވާއިރު .އަދި ހަމަ މީގެ އިތުރުން “ބެސްޓް ސަޕޯޓިންގް އެކްޓަރެސް” އަކަށް ހަދީޖާ އިބްރާހިމް ދީދީ ވަނީ ނޮމިނޭޓެޑް ވެފައެވެ.

2007 ވަނަ އަހަރުގެ ގައުމީ ފިލްމް އެވޯޑްސް އިން ގިނަ ކާމިޔާބީ ތަކެއް ފިލްމް “ވެހޭ ވާރޭ ތެރެއިން” ވަނީ ހޯދާފައެވެ.މިފިލްމް ގެނެސްދީފައިވަނީ މޯސަން ފިކްޗާރސްގެ ފަރާތުންނެވެ. މި ފިލްމްގެ ދިގުމިނަކީ 159 މިނެޓެވެ. މި ފިލްމް ނެރެފައިވަނީ 2003 ވަނަ އަހަރުގައެވެ.

ލިޔުންތެރިޔާގެ

Leave a Reply

Your email address will not be published. Required fields are marked *