އެފްއޭއެމް ލީގު ކަޕްގައި މަހިބަދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އެއްވަރުވެއްޖެ އެވެ.
މުބާރާތުގައި މަހިބަދޫ އިން ކުރިން ކުޅުނު ތިން މެޗުން ވެސް އެ ޓީމު އޮތީ ބަލިވެފަ އެވެ. ނިއު ރޭޑިއަންޓާ ދެކޮޅަށް ނިކުތްއިރު ވެސް، އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ. ނަމަވެސް މަހިބަދޫ އިން ވަނީ ނިއު ރޭޑިއަންޓް އަތުން ޕޮއިންޓެއް ހޯދައިފަ އެވެ.
މުބާރާތުގެ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ނިއު ރޭޑިއަންޓް ދިޔައީ ދެ ވަނަ އަށެވެ. ސެމީ ފައިނަލްގައި އެ ޓީމު ނިކުންނަން ޖެހޭނީ ތިން ވަނަ އަށް ދިޔަ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.