ހިތް ތެޅުނުވަރުން ބަލާލެވުނޭ

ހިތް ތެޅުނުވަރުން ބަލާލެވުނޭ

ވަރަށް ކަމުދާނެއޭ ހީވީ

ހިތް ތެޅުނުވަރުން ބަލާލެވުނޭ

ވަރަށް ކަމުދާނެއޭ ހީވީ

ފަރި މޫން އެއީ ހަނދޭ ބުނެވޭ

ނެބާ ބުނެވޭ އެހާ ޗާލޭ

ހިތް ތެޅުނުވަރުން..

*****************************************

ގުޅުނޭ އެރޭ ލިބުނޭ އުފާ

ވައުދާ އުވާތައްވީނޫންހޭ

ނޭދޭނަމޭ ނޭދޭނަމޭ ވަކިވުން ކިޔާ

ހިތުގާމަގޭ ކުރެހީނޫންހޭ

އަތުގާ ހިފާ އޮޅުވާލީތާ

ހިތް ތެޅުނުވަރުން ބަލާލެވުނޭ

ވަރަށް ކަމުދާނެއޭ ހީވީ

ހިތް ތެޅުނުވަރުން..

*********************************

ދީފާނެއޭ ކެހި ނޭގުނީ

ތެދެކޭ ވެވޭ ގަދަ ލޯބިން

ވަސްވާހުގާ ވަސްވާހުގާ ޖެހިފާވަނީ

ކުރެވޭ އެހާ އިތުބާރުންނޭ

ރޯކަން އެނގޭ ދަޅަދައްކާފާ

ހިތް ތެޅުނުވަރުން ބަލާލެވުނޭ

ވަރަށް ކަމުދާނެއޭ ހީވީ

ހިތް ތެޅުނުވަރުން..

*********************************

ހީވާ ގޮތޭ ގައިމޭ އަލުން

ހޯދާކަށެއް ނުދެވޭނެއެ ދެން

ބޭޒާރުވީ ބޭޒާރުވީ މާނޭ ރުއިން

ގަންދީ ބުނަމެ ނުބެލޭނެއެ ދެން

ދާށޭ ދުރަށް ބޭކާރޭވީ

ހިތް ތެޅުނުވަރުން ބަލާލެވުނޭ

ވަރަށް ކަމުދާނެއޭ ހީވީ

ފަރި މޫން އެއީ ހަނދޭ ބުނެވޭ

ނެބާ ބުނެވޭ އެހާ ޗާލޭ

ހިތް ތެޅުނުވަރުން..

 

 

 

 

 

ލިޔުންތެރިޔާގެ