ބެސްޓްފްރެންޑް

އެތައް ވަގުތުތަކެއް އެކީގައި ހޭދަކުރެވުނެވެ.އެތަކެއް ސަކަރާތަކެއް ޖެހީމެވެ.އެތަކެއް ސިއްރުތަކެއް ދެމީހުން ހިއްސާކުރީމެވެ.އެކުގައި އަބަދުވެސް ދެގޮތެއްނުވެ ތިބެން ބުނީމެވެ.ދެމީހުން އެކުގައި ހޭދަވާ ކޮންމެ ސިކުންތެއްވެސް އެހާވެސް އުފާވެރިއެވެ.އެހެންނަމަވެސް އެކުގައި އެހޭދަވި އެހުރިހާ ފޮނި ހަނދާންތައް ބިލާހަކަށްް މިއަދުވެއްޖެއެވެ.މިއަދު ތިބާ ބަދަލުވެއްޖެއެވެ.އޭރު ދުވަހަކުވެސް ބަދަލު ނުވާން ބުނި ހަނދާން މިއަދު ތިބާ ނުވެއެވެ.މީހުން ބުނާތީ އަޑުއަހާބަހެއް އޮވެއެވެ.”އިންސާނެއްގެ ހިތަކީ އެނބުރޭ ވަހުތާނެކޭ”ބުނާ ބަސް މިައަދު އަހަރެންނަށް ގަބޫލުކުރެވިއްޖެއެވެ.އޭރު އަހަރެންގެ އެހެން ރައްޓެހިންވެސް ބުނަމުން ދިޔައެވެ.އެއްވެސް މީހަކަށް އެހާ ބޮޑަށް އިތުބާރުކުރާކަށް ނުވާނެއެވެ.ކޮންމެ މީހަކަުވެސް އެމީހެއްގެ ބޭނުން ފުދުމުން އެހެން ރައްޓެހިންނާ ދިމާވުމުން ތިބާ ދޫކޮށްލާފަދާނެއެވެ.އެމީހުން އެހެން ބުނާ އިރުވެސް އަބަދުވެސް އަހަރެން އަޑަށް ބާރުލާފައި ބުނަމެވެ.އެންމެން ބަދަލުވިއަސް އަހަރެމެން ދެމީހުން ދުވަހަކުވެސް ބަދަލެއްނުވާނެއެވެ،އެއަށްވުރެން ބޮޑަށް އަހަރެމެން ދެމީހުންގެ ރަހުމަތްތެރިކަން ބޮޑެވެ.އަހަރެންމެން ދެމީހުން އެކަކު އަނެކަކަށް އެހާވެސް އިތުބާރުކުރެވެއެވެ.އެހެން ނަމަވެސް އެދުވަހު އެމީހުން ބުނި ވާހަކަ މިއަދު އަހަންނަށް މިވަނީ ގަބޫލޫކުރަން ޖެހިފައެވެ.މި ވާހަކަ މީ ގަބޫލުކުރަން ދުވަހަކުވެސް ބޭނުންވި ވާހަކައެއް ނޫނެވެ.

ތިބާ ބަދުލުވެއްޖެއެވެ.ބަދަލުވީ ސަބަބެއް އެއްގޮތަކަށްވެސް ނޭގުނެވެ.އަހަރެންނަށް ކުރެވުނީ ކޮންކަމެއް ކަމެއް ވެސް ތިބާއަކަށް ބުނެއެއް ނުދެވުނެވެ.ތިބާ ފަހުން ފަހުން އައިސް އަހަރެން ގުޅިމައި ފޯނުނުނަގައި ދިމާވުމުން ބިޒީކަމަށް ބުނަނީ ކިތައް ފަހަރު ހެއްޔެވެ.ފަހުން ފަހުން އައިސް އަހަރެންނަށް އެނގޭ ކިތައް ކަންތައްތަކުގައި ތިބާ ދޮގު ހެދިންހެއްޔެވެ؟އެހުރިހާ ވާހަކަތަކަކީ ސީދާ ދޮގުކަން އަހަންނަށް އެނގޭއިރުވެސް ތިބާގެ ވާހަކަތައް ގަބޫލުކޮށްލައިގެން އަހަރެން ހުރީމެއްނޫންހެއްޔެވެ؟ތިބާ އެހަދާ ހުރިހާ ދޮގަކީ ފަހަރުގައި ތިބާއަށް ވަރަށް ކުޑަކަމެއްކަމުގައި ހީވެދާނެއެވެ.މިއަދު އަހަރެން ވަރަށް ދެރަވެއްޖެއެވެ.ދުވަހަކުވެސް ތިބާ އަހަންނަށް ދޮގެއް ހަދައި ބަދަލުވެދާނެކަަމަށް އަހަރެން ހިއެއްނުކުރަމެވެ.މިއަދު ތިބާއަށް އަހަރެން މީ މުހިއްމު މީހަކަށް ނުވިއަސް ތިބާތީ އަހަންނަށް އަދިވެސް ވަރަށް މުހިއްމުމީހެކެވެ.  ބަދަލުވީ ތިބާ ނޫންހެއްޔެވެ؟

ތިބާ ކަމެއްޖެހިގެން ބުނި ކަމުގައި ވިއަސް އަހަންނަށް ވީވަަރަކު ތިބާއަށް އެހީވީމެވެ. އަދި މިހާރު ބުނި ކަމުގައި ވިއަސް އަހަރެންނަށް ވެވެން އޮތްވަރަކުން ތިބާއަށް އެހީވާނަމެވެ.އަހަރެން ތިބާ މި ދުނިޔެއަކަށް ގިނައެއް ނުކުރަމެވެ.އަހަރެން ބަދަލެއްވެސް ނުވަމެވެ.ބަދަލުވީ ހަމަ ތިބާއެވެ.އަހަނަށްވުރެން އެހެން މީހުން މިއަދު ތިބާއަށް މުހިއްމުކަން އަހަންނަށް ވިސްނިއްޖެއެވެ.އެކަމާ ސަކުވާއެއްކުރާކަށް ނެތީމެވެ.އަހަރެން މިހާވަރުން އުޅޭއިރުވެސް ތިބާ ކަންތައްް ކުރަނީ ހިތައްއެރިގޮތަކަށްށެވެ.އަނެއް މީހަަކުު ދެރަވާނޭކަމެއް ތިބާ ނުވިސްނައެވެ. އަހަރެން ކަމަކު ބުނީމައި މިގަޑީ ނުވާނޭކަމަށް ބުނެ އެހެން ރައްޓެހިންނާއެކު އުޅޭތައް އަހަންނަށް ކިތައްމެ ފަހަރަކު ދެކެމެވެ،އަހަންނާއެކު ތަނަކާ ދާން ބުނެފިކަމަށްވާނަމަ ތިބާ އަބަދުވެސް ބީޒީއޭ ކިޔާފައި އެހެން މީހުން ގޮވައިގެން ތަންތަނަނަށް ދަނީ ކިތައްފަހަރު ހެއްޔެވެ؟ އަހަރެންނާ އެކު ދަނަކަށް ދާން ބުނެ މިދަނީއޭ މިދަނީއޭ ކިޔާލަ ކިޔާލަ ހުންނަނީ ކިތައް ދުވަހު ހެއްޔެވެ؟ އަހަރެން އެއްޗެއް ނުބުނެ ހުރުމުން އަހަންނަށް ކަންތައް ވަމުންދާ ގޮތް ނޭނގޭކަމަށް ތިބާ ހީނުކުރައްޗޭވެ.އަހަންނަށް ހުރިހާ ކަމެއްވެސް އެނގެއެވެ.އަހަރެން ހަނު ހުރި ނަމަވެސް މަންޒަރު ނުފެއްނަނީއެއް ނޫނެވެ.ވަރަށް ގިނަ މަންޒަރު ފެނެއެވެ.ނަމަވެސް އެކަންތައް ފެންނަކަމަށް ހެދުމަށްވުރެން ނުފެންނަކަމަށް ހެދުން މާ ބުއްދިވެރިހެން އަހަންނަށް ހީވާތީ ހަނު ހުންނަނީ އެވެ.އެފެންނަ މަންޒަރުތަކުގެ ވާހަކަ ދައްކައިގެން ކުރާނެ ފައިދައެއް މިއަދަކު ނެތެވެ.ތިބާ ވަނީ ބަދަލުވެފައެވެ.

ކަންތައް ކޮންމެގޮތަކަށް ގޮސް އޮތް ކަމުގައި ވިއަސް އަހަރެން ހިތަކު ތިބާއާމެދު އެއްވެސް ހިތްބުރަކަމެއް ނެތެވެ.އަހަރެން އަބަދުވެސް ތިބައަށް އުފާވެރިކަމަށް އެދެމެވެ.އޭރު އެކުގައިވީއިރު ދެމީހުން އެކުގައި ޖެހި ސަކަރާތާ މަޖާ މަތިން މިއަދުވެސް އަހަރެން ހަނދާންވެއެވެ.އޭރު ހިއްސާކޮށްފައިވާ ސިއްރުތައް މަތިންވެސް ހަނދާންވެއެވެ.އަހަރެންމެން ގުޅުމަށް މިއަދު ބަދަލު އައިސްފައިވިއަސް އެ ސިއްރުތައް ތިބާ ހިފަހައްޓާނެކަމަށް އަހަރެން އުއްމީދުކުރަމެވެ.ހަމަ ޔަގީނުންވެސް ތިބާ ކިޔާފައިވާ ސިއްރެއް އަހަރެންގެ ދުލަކުން ބޭރެއް ނުވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އަހަރެން ދެމެވެ.ހަމަ ހަގީގަތުގައި އަހަރެން މިއަދުވެސް ވަރަށް ދެރަވެއެވެ. ތިބާތީ އަބަދުވެސް އަހަންނަށް ވަަރަށް މުހިއްމު މީހެކެވެ. އެހެނެއްކަމަކު އަހަރެންވެސް ތިބާއާއެކު މަތިންބައިން ޖެހިގެން އުޅޭކަށް ނެތީމެވެ.ކޮންމެވެސް ދުވަހަކުން ތިބާއަށް އަހަރެން މީ ކިހާވަރެއްގެ ރައްޓެއްސެއްކަން އަދި ވިސްނޭނެއެވެ.

ލިޔުންތެރިޔާގެ