ރެސިޕީ: ޗޮކްލެޓް ބިސްކަޓް ކޭކް

ބާނި އޮންލައިން އިން ގެނެސްދޭ ސުފުރާ މި ސެގްމެންޓަށް ހުރިހާ ކިޔުންތެރިންނަށް މަރުހަބާ މި ބައިގައި އަޅުގަނޑުމެން މިގެނެސްދެނީ ކާ ތަކެތި ރައްޔާރު ކުރާނެ ގޮތުގެ މައުލޫމާތެވެ.އެގޮތުން މިއަދު ގެނެސްދޭން މި އުޅެނީ ޗޮކްލެޓް ބިސްކަޓް ކޭކް ތައްޔާރުކޮށްލާނެ ގޮތުގެ މައުލޫމާތެވެ.

 :ބޭނުންވާ ތަކެތި

1 ޕެކެޓް މާރީ ބިސްކޯދު

2 ޖޯޑު މައިލޯ

1 ދަޅު ގެރިކިރު

2 ސައިސަމުސާ ވެނިލާ އެސެންސް

4 ބިސް

150 ގުރާމް ބަޓަރ

ތައްޔާރުކުރާނެ ގޮތް

މައިލޯ ، ގެރިކިރު އަދި ބިސް ތައްޓަކަށް އަޅާލުމަށް ފަހު ރަގަޅަށް ގިރާލާށެވެ. މީގެ ތެރެއަށް ބަޓަރު ކޮޅު އެޅުމަށްފަހު ފުލުގައި ހިފިޔަނުދީ މަޑުގިނީގައި ކައްކާށެވެ. ކަސްޓަޑު ހުންނަ ވަރަށް އޮލަކޮށް ކެކުމުން އުދުން ނިއްވާލާށެވެ. އެއަށްފަހު ޓްރޭގެ ތެރެއަށް ( 2/1 އިންޗި ) ވަރުގެ ފަށަލައަކަށްވާ ގޮތަށް ޓްރޭގެ ތެރެއަށް މައިލޯ އޮއްސާލާށެވެ. ދެން އޭގެ މަތީގައި މާރީ ބިސްކޯދުތައް އަތުރާށެވެ. އެއަށްފަހު ބިސްކޯދު ތަކުގެ މައްޗަށް މައިލޯ އެތި އޮއްސާލާށެވެ. އެއަށްފަހު އޭގެ މަތީގައި ބިސްކޯދު ތައް އަތުރާށެވެ. މިގޮތަށް ބިސްކޯދުތައް (އެއްފަށަލަ މައްޗަށް އަނެއްފަށަލަ ) ހުސްވަންދެން ތަކުރާކޮށް އަޅަމުން ގެންދާށެވެ. އެއަށްފަހު ޓްރޭގެ މަތިބަންދު ކުރުމައްފަހު ފްރިޖްގައި  ބަހައްޓާށެވެ.

 

 

 

ލިޔުންތެރިޔާގެ