ހިކަނދިފަތަކީ އަހަރެމެންގެ ދިރިއުޅުމުގެ މައިދާނުގައި ވަރަށް ގިނައިން ބޭނުންކުރެވޭ އެއްޗެކެވެ. އެގޮތުން ހިކަނދިފަތަކީ ކޮންމެ ދުވަހެއްގެވެސް ކެއްކުން ތަކުގައްޔާއި ރަހަމީރުކުރުމުގައި ބޭނުން ކުރެވޭ އެއްޗެކެވެ. ކެއްކުމުގެ އިތުރުން ހިކަނދިފަތަކީ ސައި ހަދައިގެން ބޭނުންކޮށްލަންވެސް ރަގަނޅު އެއްޗެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އޭގެ ކުލަ ނުކުންނަންދެން ކައްކާފައި ހުންނަ ހިކަނދިފަތުގެ ފެނުގައި ލެކްސޭޓިވް މާއްދާތަކަކާއި ހަޖަމުކުރުމުގެ އެންޒައިމްތައް ހުރުމުގެ ސަބަބުން ގޮހޮރުގެ ހަރަކާތްތަށް ރަނގަޅުކޮށްދީ، ހަޖަމުކުރުމަށް އެހީތެރިވެދޭކަމަށް ބެލެވެއެވެ. މާބޮޑަށްގޭސް ވުމާއި ބޭރަށްހިންގުމަށްވެސް މި ސައިން ލުއިކަންދޭކަންވެސް ފާހަގަކޮށްލެވެއެވެ.
ހިކަނދިފަތުގެ ސަޔަކީ ހަކުރުބަލީގެ މީހުންނާ އެންމެ ރަނގަޅު އެއް ސަޔަށް ވެގެންދާނެއެވެ. ސަބަބކީ މިސައިން ލޭގައި ހަކުރުގެ މިންވަރު މަތި ނުވާތީ އެވެ. އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މިސައިން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭދިނުމެވެ. ޔުނިވާސިޓީ އޮފް ޗިކާގޯގެ ޓަންގް ސެންޓަރ ފޯ ހަރބަލް މެޑިސިން ރިސާޗްގެ ދިރާސާވެރިން ވެސް ލޭގައި ހަކުރު ހުންނަ މިންވަރު %45 ދަށްކުރުމަށް ހިކަނދިފަތުގެ ފެން ބޭނުންކުރި އެވެ.
ހަކުރުބަލީގެ އިތުރުން ލޭމައްޗަށްދާ ބޭފުޅުންނަށްވެސް މިސައި ވެގެންދާނީ ޚާއްސަ ސަޔަކަށެވެ. .
މާބަނޑު ކަނބަލުންނަށް މިސައިން ގެނެސްދެނީ ތަފާތު އެހީއެކެވެ. މާބޮޑަށް މޭނުބައިކޮށް ހޮޑުލައިހަދާ މާބަނޑުއަންހެނުންނަށް މި ސައިގެ އެހީގައި ހެނދުނުގެ މޭނުބައިކުރުމުން ލުއިދޭކަމަށް އިންޑިއާގައި ހެދި ދިރާސާއަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި މާބަނޑު ނޫނަސް، މޯޝަން ސިކްނެސްގެ ބަލި ތަހަންމަލު ކުރާ ބޭފުޅުންވެސް ދަތުރުގެ ކުރިން ނުވަތަ ދަތުރުގެ ތެރޭގައި ހިކަނދިފަތުން ސައި ތައްޔާރު ކޮށް ބުއިމަކީ މޭނުބައިކުރުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކަމަށް ބެލެވެއެވެ.
ހިކަނދިފަތުގެ ސައިގައި ހިތްގައިމު މީރުވަހެއް ހުންނައިރު، މިސައިން ސްޓްރެސް ފިލުވައިދީ ހަމަޖެހުން ލިބިގެންދާކަމަށް ދިރާސާއިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މަސައްކަތުގައި ދިގު
.ވަރުބަލި ދުވަހެއް ހޭދަކޮށްފައިވާނަމަ ސްޓްރެސް އާއި ޓެންޝަން ނައްތާލުމަށްޓަކައި ހިކަނދިފަތުން ސައި ތައްޓެއް ބޯލުން ބުއްދިވެރިއެވެ
އެހެންކަމުން ހިނދިފަތު ސައި އަކީ ވަރަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާ ސައިއެކެވެ.