ބާކީވުމުން ހިތް

ބާކީވުމުން ހިތް

ލޯބީގެ ދުނިޔޭން

ކަރުނުން ދެލޯވީ ފޯވެފާ

ވައުދާ ހުވާތައް

ކޮށްފާ ދިޔާމާ

މިހުރީ އުފާތައް ގެއްލިފާ

ސަކުވާ މިނަފްސާ ކޮށްކޮށް ހުރީމޭ

ވޭނާ ހިތާމައިން ފޯވެފާ

***************************************************

އިންތިޒާރުކުރަމޭ ލޯބިވާތީ

ހުންނަމޭ މަރޮއި ރޮއި ކެއްނުވާތީ

މަރުވެފާ މިހިތްވޭ ވާ ހަނދާނުން

ހިތްހަލާކުވެއްޖޭ ލޯބިވާތީ

ބޭނުމޭ ދެކެންދާން އިންތިހާ

ލޯބިވާ ހަދާންވޭ އިންތިހާ

****************************************************

ލޯތްބަށް އެދޭތީ

އާދޭސް ކުރީތީ

ދީގެން ހުރީމޭ ހިތްމަގޭ

ބޭޒާރުވީމާ ބޭކާރުވީމާ

ރޯކަން އެނގޭހޭ ހިތްމަގޭ

ވޭނީ ހަޔާތޭ ފެށިފާ ހުރީމާ

ވޭނުން މި ހިތްވީ ފޯވެފާ

****************************************************

ކާކުބާ އަހަންނަށް ލޯބިދޭނީ

މިހިތަށް އަރާމެއް ހޯދަދޭނީ

ކާކުބާ އަހަންނަށް ލޯބިދޭނީ

މިހިތަށް އަރާމެއް ހޯދަދޭނީ

ދާހިތުން ހުރީމޭ މާފުދޭތޯ

ހިތް ފަނާވެދަންދެން ކެތްކުރާނަން

ހިތް ފަނާވެދަންދެން ކެތްކުރާނަން

ހިތް ފަނާވެދަންދެން ކެތްކުރާނަން

ލިޔުންތެރިޔާގެ

Leave a Reply

Your email address will not be published. Required fields are marked *