ބާނި އޮންލައިން އިން ގެނެސްދޭ ސުފުރާ މި ސެގްމެންޓަށް ހުރިހާ ކިޔުންތެރިންނަށް މަރުހަބާ މި ބައިގައި އަޅުގަނޑުމެން މިގެނެސްދެނީ ކާ ތަކެތި ރައްޔާރު ކުރާނެ ގޮތުގެ މައުލޫމާތެވެ.އެގޮތުން މިއަދު ގެނެސްދޭން މި އުޅެނީ މިލްކް ޕުޑިން ތައްޔާރުކޮށްލާނެ ގޮތުގެ މައުލޫމާތެވެ.
ބޭނުންވާނެ ތަކެތި:
500މލ ކިރު
50ގ ކޯން ސްޓާޗް
50ގ ހަކުރު
1 ޖޯޑު ހުނި
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ، ދެބައިކުޅަ އެއްބައި ކިރު ތައްޓަކަށް އަޅާށެވެ.
ދެން ހަކުރުވެސް އަޅައި ގިރާލާށެވެ. ބާކީ ހުރި ކިރަށް ކޯންސްޓާޗް އަޅާލައި އެއް ކުރުމަށްފަހު ދެބައި އެެއްކޮށްފައި ތެއްޔަކަށް އަޅާ ކައްކަން އުދާށެވެ. މަޑުގިނީގައި އޮލަވަންދެން 2-3 މިނެޓަށް ކައްކާށެވެ.
އެއަށްފަހު ޓްރޭއަކަށް އަޅާލައި، ހިހޫވަންދެން 1-2 ގަޑިއިރު ބެހެއްޓުމަށް ފަހު ދެން ފިނި ވަންދެން ފްރިޖްގައި ބަހައްޓާށެވެ.
ފިނިވުމުން ފްރިޖުން ނަގާފައި ކިއުބް ގޮތަށް ކޮށާފައި ބޭރު ހުނިން ކޯޓު ކޮށްލާށެވެ.