އަސްތަ ތިޔަ މޫނޭ

އަސްތަ ތިޔަ މޫނޭ

ހުވަފެނުން ދުށީ ރޭގާ

ހެވެފައެ އިނީތީ ގާތުގާ ނިކަން ލޯބިން

ފެނުނޭ އޮމާން އަތުން ފިރުމާ ތި މޫނުގާ

ތެދުވާން ކިޔާވަރުން ހޭލާ ހޯދީ

އަސްތަ ތިޔަ މޫނޭ

ހުވަފެނުން ދުށީ ރޭގާ

ހެވެފައެ އިނީތީ ގާތުގާ ނިކަން ލޯބިން

ކައިރީގަ ހުރެދާނެ ހީވެ ބެލީމޭ

ހޯދާ ހެދީމޭ މާ ދަންވަރު ހޭލާ

ކައިރީގަ ހުރެދާނެ ހީވެ ބެލީމޭ

ހޯދާ ހެދީމޭ މާ ދަންވަރު ހޭލާ

ހުވަފެން ސީދާ ވެއްޖެ އަދު ގައިމޭ

ތިޔަ މޫނޭ ރޭ ނިދިފިލުވާލީ

ހިތުގާވާ އުފަލެއްތީ ބުނެލަން ހެއްޔޭ

އިތުބާރާއެކުގާ ހިތް ވަގުތުން ދެންހޭ

އަސްތަ ތިޔަ މޫނޭ

ހުވަފެނުން ދުށީ ރޭގާ

ހެވެފައެ އިނީތީ ގާތުގާ ނިކަން ލޯބިން

ފެނުނޭ އޮމާން އަތުން ފިރުމާ ތި މޫނުގާ

ތެދުވާން ކިޔާވަރުން ހޭލާ ހޯދީ

އަސްތަ ތިޔަ މޫނޭ

ހުވަފެނުން ދުށީ ރޭގާ

ހެވެފައެ އިނީތީ ގާތުގާ ނިކަން ލޯބިން

ވާލޯބި އެނގުނީމާ ދެރަކޮށްލަންހޭ

ދީފާ މަލާމާތުން ބަސްބުނެ އިއްވީ

ވާލޯބި އެނގުނީމާ ދެރަކޮށްލަންހޭ

ދީފާ މަލާމާތުން ބަސްބުނެ އިއްވީ

ނަފްރަތުވީހޭ ނިކަމެތިކޮށްފާ

އެކަމަކު ގައިމޭ އަޒުމަ ބަލާނަން

ނުކުރާނަން ހިތުގާވާ އެދުމެއް ބާކީ

ނުގަބޫލަސް ބުނެލަންހޭ އުއްމީދޭތީ

އަސްތަ ތިޔަ މޫނޭ

ހުވަފެނުން ދުށީ ރޭގާ

ހެވެފައެ އިނީތީ ގާތުގާ ނިކަން ލޯބިން

ފެނުނޭ އޮމާން އަތުން ފިރުމާ ތި މޫނުގާ

ތެދުވާން ކިޔާވަރުން ހޭލާ ހޯދީ

އަސްތަ ތިޔަ މޫނޭ

ހުވަފެނުން ދުށީ ރޭގާ

ހެވެފައެ އިނީތީ ގާތުގާ ނިކަން ލޯބިން

 

 

 

ލިޔުންތެރިޔާގެ