ފިލްމްތަކުން މި ބަޔަކީ އަޅުގަނޑުމެން ބާނި އޮންލައިންގެ ފަރާތުން ގެނެސްދޭ ތަފާތު ބައެކެވެ.އެގޮތުން ފިލްމްތަކުން މި ބައިގައި އަޅުގަނޑުމެން މި ބަލާލަނީ ފިލްމްތަކުގެ މައުލޫމާތުތަކެވެ.އެ ދުވަހެއްގައި ހިމަނާލާ ފިލްމެއްގެ ފުރިހަމަ މައުލޫމާތު “ފިލްމްތަކުން”މިބައިގައި ގެނެސްދެވޭނެއެވެ.
ފިލްމްތަކުން މިބައިގައި މިއަދު މި ގެނެސްދެނީ ދިވެހި ފިލްމް “ދޮންކަމަނަ”މި ފިލްމަށްށެވެ.ދިވެހި ފިލްމް ދޮންކަމަނައަކީ 2003 ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ފިލްމެކެވެ.މިފިލްމަކީ ބިރުވެރި ލޯބީގެ ފިލްމެކެވެ.މިފިލްމްގައި ދައްކުވައިދެނީ ފިރިހެން ކުއްޖަކު އޭނާގެ މަންމަމެންގެ ރަހުމަތްތެރިޔާގެ ދަރިޔާ ކައިވެނިކުރުވަން ހަމަޖައްސާފާވަނިކޮން އެމީހުންގެ ނުގަބޫލުގައި އޭނާ ލޯބިވާ ފަރާތާ ކައިވެނިކޮށްގެން އެއާއިލާގެ ތެރޭގައި މައްސަލަ ޖެހި އެނާގެ އަނބިމީހާ މަރުވުމުން އޭނާ މާލެ މަތިން ފޫހިވެ އެނާގެ ބައްޕަ ދަނޑުވެރިކަން ކުރަމުން އައި ރަށަށް ބަދަލުވެ އެތަނުން އޭނާއަށް ދިމާވާ ކަންތައްތަކެއް މި ފިލްމްގައި ދައްކުވައދެއެވެ. މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ އަމްޖަދު އިބްރާހިމްއެވެ.މި ފިލްމްގެ ވާހަކަ ލިޔެފައިވަނީ މޫސާ ސާއިދުއެވެ.ފިލްމުގެ ސުކްރީން ޕްލޭ ހަދާފައިވަނީ މޫސާ ސާއިދު،އަމްޖަދު އިބްރާހިމް އަދި ޔޫސުފް ޝަފީއުއެވެ.ފިލްމްގެ ސިނެމަޓޮގްރަފީ ހަދާފައިވަނީ އިބްރާހިމް ވިސާން އެވެ.ދޮންކަމަނަ މި ފިލްމް އެޑިޓްކޮށްފައިވަނީ އަހްމަދު އާމިރުއެވެ.މި ފިލްމުގެ ޕްރޮޑަކްސަން ކުންފުންޏަކީ އީ.އެމް.އޭ ޕުރޮޑަކްސަންއެވެ.މިފިލްމްގެ ދިގުމިނަކީ 124 މިނެޓެވެ.
ފިލްމްގެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު،ޝީލާ ނަޖީބް،ނިއުމާ މުހައްމަދު،ފައުޒިއްޔާ ހަސަން،އިބްރާހިމް ވިސާން،ވަލީދާ ވަލީދު،ޝީރީން އަބްދުލް ވަހީދު،އާމިރާ އިސްމާއިލް،އައިމިނަތު ރަސީދާ އަދި ނީނާ ސަލީމް ހަރަކާތްތެރިވެއެވެ.
ފިލްމް ދޮންކަމަނައިގައިވެސް ވަރަށް ރީތި ލަވަތަކެއް ހިމެނެގެން ގޮސްފައިވެއެވެ.މި ފިލްމްގައި ޖުމްލަ 5 ލަވަ ހިމެނިފައެވެ.އެގޮތުން ލަވަތަކަށް ބަލާލާއިރު:
1.އަންނަނީ ފެންވަރުވަން
އަންނަނީ ފެންވަރުވަން މި ލަވައިގެ ޅެން ހަދާދީފައިވަނީ އީސާ ސަރީފްއެވެ.އަދި މި ލަވަ ކިޔާދީފައިވަނީ އަބްދުލް ބާރީ އަދި ފާތުމަތު ޒޫނާއެވެ.މިލަވައިގައި ހަރަކާތްތެރިވެފައިވަނީ ޔޫސުފް ޝަފީއު އަދި ޝީރީން އެވެ.
2.އަހާށޭ ލޯބިވާ އަހާށޭ
މި ލަވައިގެ ޅެން ހަދާދީފައިވަނީ އާދަމް ނަސީރު އިބްރާހިމްއެވެ.މި ލަވަ ކިޔާދީފައިވަނީ އަބްދުލް ބާރީ އަދި ޝިފާ ތައުފީގްއެވެ.މި ލަވައިގައި ހަރަކާތްތެރިވަނީ ޔޫސުފް ޝަފީއު އަދި ޝީލާ ނަޖީބްއެވެ.
3.ނާޖުކީ ބަލާލުން
މި ލަވައިގެ ޅެން ހަދާދީފައިވަނީ އީސާ ސަރީފްއެވެ.އަދި މި ލަވަ ކިޔާދީފައިވަނީ އަބްދުލް ހަންނާނު މޫސާ ދީދީ އާއި ފާތުމަތު ޒޫނާއެވެ.މިލަވައިގައި ހަރަކާތްތެރިވަނީ ޔޫސުފް ޝަފީއު އަދި އާމިރާ އިސްމާއިލްއެވެ.
4.ތިޔަ ހިޔާލް ފޮހެލެވޭހޭ
މި ލަވައިގެ ވެސް ޅެން ހަދާދީފައިވަނީ އީސާ ސަރީފްއެވެ.އަދި މި ލަވަ ކިޔާދީފައިވަނީ އަބްދުލް ހަންނާނު މޫސާ ދީދީ އާއި ޝިފާ ތައުފީގް އެވެ.މިލަވައިގައި ހަރަކާތްތެރިވަނީ ޔޫސުފް ޝަފީއު އަދި ޝީލާ ނަޖީބް އެވެ.
5.ވޭން އުފާވާނޭ
މި ލަވައިގެ ޅެން ހަދާދީފައިވަނީ އާދަމް ހަލީމް އަދުނާންއެވެ.އަދި މި ލަވަ ކިޔާދީފައިވަނީ މުހްތާރު އާދަމް އަދި ސިފާ ތައުފީގްއެވެ.މިލަވައިގައި ހަރަކާތްތެރިވަނީ ޔޫސުފް ޝަފީއު އަދި ފައުޒިއްޔާ ހަސަންއެވެ.
ދޮންކަމަނަ މި ފިލްމަކީ 2000ގައި ނިކުތް ފިލްމަތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ވަރުގެ ފިލްމެކެވެ.
ދިވެހި ފިލްމް “ދޮންކަމަނަ”ނެރެފައިވަނީ 2 ޖޫން 2003 ގައެވެ.