ޓެލެގްރާމް ލިންކު ބޭނުންކޮށްގެން މީހުންގެ ޒާތީ މަޢުލޫމާތު ހޯދަނީ.. ސަމާލުވޭ!

ޓެލެގްރާމް ލިންކު މެދުވެރިކޮށް މީހުންގެ ޒާތީ މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ރައްޔިތުން ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، ސްކޭމަރުން މިހާރު ބޭނުންކުރަމުންދާ އާ އުކުޅަކީ، “ތިބޭފުޅާގެ ފޮޓޯތަކެއް ވެބްސައިޓެއްގައި އެބަހުރި” ކަމަށް ބުނެ ލިންކުތަކެއް ފޮނުވުމެވެ. މި ލިންކުތައް ބޭނުންކޮށްގެން ޓެލެގްރާމް އެކައުންޓުގެ ވެރިފިކޭޝަން ކޯޑު ހޯދުމަށް މަސައްކަތްކުރާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ފަދަ ލިންކުތައް ކްލިކް ކުރުމުން ޓެލެގްރާމް އެކައުންޓަށް ވަދެ، އެ އެކައުންޓުގެ ވެރިފަރާތުގެ ޒާތީ މަޢުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ގިނަ ފަރާތްތަކެއްގެ އެކައުންޓުތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ދީފައިވާ މަޢުލޫމާތުގައި، މި ފަދަ ލިންކުތަކަށް ކްލިކް ނުކުރުމަށާއި، އަދި އެއްވެސް ހާލެއްގައި އެ ވެރިފިކޭޝަން ކޯޑު އެހެން ފަރާތަކާ ޙިއްސާ ނުކުރުމަށް ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ލިޔުންތެރިޔާގެ