ޖޮނަތަން ޑޭވިޑް މި ސީޒަނަށްފަހު ލީލް ދޫކޮށްލަން ނިންމައިފިއެވެ
އޭނާ ބުނެފައިވަނީ ކޮންމެ ވާހަކައެއްގެ ވެސް ފެށުމަކާއި ނިމުމެއް އޮންނަ ކަމަށާއި އޭނާ ބޭނުންވީ އަމިއްލައަށް އެކަން ސަޕޯޓަރުންނަށް ބުނެދޭން ކަމަށެވެ.
“ކްލަބުގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު، މިހާރު އަހަރެންނަށް ވަކިވެލުމުގެ ވަގުތު އައިސްޖެހިއްޖެ.” އޭނާ ބުންޏެވެ.
ޑޭވިޑް ވަނީ ލީލްއަށް ކުޅެދިން 231 މެޗުގައި ޖުމްލަ 109 ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި މި ސީޒަންގައި ކުޅުނު 48 މެޗުން ޖެހި 25 ލަނޑު ހިމެނެއެވެ.