ސަލްމާންގެ “ސިކަންދަރު” ނެޓްފްލިްކްސްއަށް

ބޮލީވުޑްގެ ސުޕަރސްޓަރ ސަލްމާން ޚާން އެންމެ ފަހުން ފެނިގެންދިޔަ ފިލްމު ކަމަށްވާ “ސިކަންދަރު” ނެޓްފްލިކްސް މެދުވެރިކޮށް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
މުރުގަޑޯސް ޑައިރެކްޓްކޮށްފައިވާ މި ފިލްމު އޯޓީޓީ ޕްލެޓްފޯމަށް ރިލީޒްކުރިއިރު ފާހަގަކޮށްލަންޖެހޭ އެއް ކަމަކީ، ފިލްމުވަނީ ބޮކްސް އޮފީހުގައި ބޮޑުތަނުން ފެއިލްވެފައި ކަމެވެ. މުރުގަޑޯސްގެ ފިލްމެއް މިހާ ނާކާމިޔާބުވުމުން ބެލުންތެރިންގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. އެއީ، މުރުގަޑޯސްއަކީ “ގަޖިނީ” އާއި “ހޮލިޑޭ” ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރަކަށްވާތީއެވެ. މި ފިލްމަކީ ސަލްމާން ޚާން، މުރުގަޑޯސްއާއެކު މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.
ސަލްމާނާއެކު ރަޝްމީކާ މަންދާނާ ފެނިގެންދާ މި ފިލްމު ސިނަމާތަކުގައި އަޅުވައިފައިވަނީ ނިމިދިޔަ މާރިޗު މަހުގެ 30ގައެވެ.

ސަލްމާން ޚާންގެ ކުރިއަށް ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި “ދަބަންގ 4″އާއި “ކިކް 2” ފަދަ ފިލްމުތައް ހިމެނެއެވެ.

ލިޔުންތެރިޔާގެ

Leave a Reply

Your email address will not be published. Required fields are marked *