ގައުމީ ފެންވަރުގައި މި އަހަރު އަޟްހާ އީދު ފާހަގަކުރާ ތިން ރަށެއް

ގައުމީ ފެންވަރުގައި މި އަހަރުގެ އަޟްހާ އީދު ފާހަގަކުރާ ރަށްތައް ކަނޑައަޅައިފިއެވެ.

މި އަހަރު އަޟްހާ އީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހޮވުނު ރަށްރަށަކީ މި ހަރަކާތައް ޝައުޤުވެރިކަން ފައުޅުކޮށް, ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން އުސޫލުގެ ދަށުން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ ރަށްރަށެވެ.

 އެންމެ މަތިން ޕޮއިންޓް ލިބި މި އަހަރުގެ އަޝްހާ އީދު ކުލަގަދަކޮށް ފާހަގަކުރަން ހޮވުނު 3 ރަށަކީ ހއ. ކެލާ, ކ. ގުރައިދޫގެ އިތުރުން ލ. ގަމެވެ.

މި އަހަރުގެ އަޟްހާ އީދު ފައުމީ ފެންވަރުގައި ފާހަގަކުރުމަށް ނިންމާފައިވާ ރަށްރަށުގައި ކުރިއަށް ގެންދާ ހަރަކާތްތައް ވިލަރެސްކުރުމުގައި މިންގަނޑަށް ބަލާނޭ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެފައި ވެއެވެ.

އަޝްހާ އީދަކީ ކޮންމެ ރަށެއްގައިވެސް ވަރަށް ފޯރީގައި ފާހަގަ ކުރަމުންދާ އީދެކެވެ.

ލިޔުންތެރިޔާގެ