އާއެކޭ މިއީ ވަރަށަް ބޮޑު ތެދަކަށް ވެއްޖެއެވެ.އަހަރެން ކަލާ ދެކެ ވަރަށް ލޯބިވީމެވެ.ނަމަވެސް އަހަރެންވީ ލޯބި ކަލާ ބޭކާރުކޮށްލައިފިކަން ކަށަވަރުވެއްޖެއެވެ.އަހަރެން މުޅި ދިރިއުޅުން ކަލާއަށް ގުރުބާންކުރީމެވެ.ހަޔާތުގެ ހުރިހާ ދުވަހެއް ކަލާއާއެކު ހޭދަކުރަން ނިންމީމެވެ.ދުވަަހަކުވެސް ކަލާއާ ވަކިނުވާން ބުނި ހަދާން ކަލާ މިއަދު ނުވޭ ހެއްޔެވެ.ކަލާ ވެސް އޭރު އެހެން ބުނީމެއްނޫންހެއްޔެވެ.ނަމަވެސް އޭރު ކަލާ އެދެއްކި ވާހަކަތަކަކީ މިއަދު އެއްވެސް އަގެއްހުރި ބަސްތަކަކަށް ނުވިތާއެވެ.ކަލާ ގަބޫލުކުރާގޮތުގައި ދިރިއުޅުމަކީ ކުޅިވަރެކެވެ،އަޅެ ނޫން ހެއްޔެވެ،އެހެން ނޫންނަމަ މިއަދު ކަލާ އަހަންނަށް ބޭވަފާތެރިވާންވީ ކީތްވެ ހެއްޔެވެ؟ކަލާ ބުނި ކޮންކަމެއް އަހަންނަށް ނުކޮށްދެވިގެން ހެއްޔެވެ؟
މިއަދު އަހަރެން ވަރަށް ދެރަވެއްޖެއެވެ،އަހަރެންގެ ހަޔާތުން ބޭކާރު ދުވަސްތަކެއް ކަލާއެކު ހޭދަކުރެވިއްޖެކަން އަހަރެންނަށް ވިސްނިއްޖެއެވެ.
އަހަރެން ކަލާ ދެކެވީ ތެދުވެރި ލޯބި ކަލާ ކުލޭ ކުލޭ އެއްޗަކަށް ހަދާފިކަމުގެ އިހްސާސް މިއަދު އަހަންަނަށް ވެއްޖެއެވެ.ކަލާއެވެ އަހަރެމެން ދެމީހުން އެކުގައި އުޅުމަށް ހާދަ ފޮނި ހުވަފެން ތަކެއް ދެކުނީމެއް ނޫން ހެއްޔެވެ؟އޭރުވެސް ކަލާ އަބަދުވެސް އަހަރެން ދެކެ ލޯބިވެއޭ ބުނާތީ އަހަރެން ގަބޫލުކުރަމުން އައީ އަސްލުވެސް ކަލާ އަހަރެން ދެކެ ލޯބިވާކަމަށްށެވެ.ނަމަވެސް އެއީ ކުރެވުނު ކުށްހީއެއްކަން މިއަދު ކަލާ އަހަންނަށް ސާބިތުކޮށްދީފިއެވެ.ކަލާ މިއަދު ތި ބުނި ބަސް “އަހަރެން ކަލޭ ދެކެ އަސްލު ލޯތްބެއް ނުވޭ” އަހަރެން ލޯބި ވަނީ އެހެން މީހަކު ދެކެ މިބަސް އަބަދުވެސް އަހަރެން ހަދާން ބަހައްޓާނަމެވެ.
ކަލާ މިއަދު ތި ނިއްމި ނިއްމުމުން އަހަރެން މީ ބޭކާރު ކަލާ ފަހަތުން މިއޮތްހާ ދުވަހު މަތިން ބައިން ޖެހިގެން ދުވި މީހެއްކަން ވިސްނިއްޖެއެވެ.އަހަރެން މިއަދު ކަލާ ދެކެ ކިތައްމެ ލޯބިވިއެއްކަމަކު އަހަރެން އިތުރަށް ތި ލޯތްބަށް އަދޭސްކުރާކަށް ނިތީމެވެ،އަހަރެން ކަލާދެކެވީ ހަގީގީ ލޯބިކަން އަދި ފަހުން ކަލާއަށް ވިސްނޭނެވެއެވެ،މިއަދު އަހަންނަށް ކަލާ އެހާ ގޯސްކޮން ކަންތައްކުރިކަމަކު އަހަރެން ހިތަކު ކަލާއާމެދު އެއްވެސް ހިތްބުރަކަމެއް ނެތެވެ.އެއީ ބަދަލު ދެއްވާ ފަރާތުން ކަލާ އަހަންނާމެދު ކަންތައްކުރި ގޮތުގެ ބަދަލު ދެއްވާނެއެވެ،
މިކަމުން އަހަންނަށް ވަރަށް ރަގަޅު ފިލާވަލެއް ދަސްވެއްޖެއެވެ.އަހަރެން ކަލާ ދެކެ ވީ ލޯބި ބޭކާރުވީއެވެ.
އައެކޭ ލޯބިމަވީ ބޭކާރޭވީ ހަޔާތް މަގޭ ބަރުބާދޭވީ..