ފިލްމްތަކުން: ދިވެހި ފިލްމް”އެދަރިފުޅު”

ފިލްމްތަކުން މި ބަޔަކީ އަޅުގަނޑުމެން ބާނި އޮންލައިންގެ ފަރާތުން ގެނެސްދޭ ތަފާތު ބައެކެވެ.އެގޮތުން ފިލްމްތަކުން މި ބައިގައި އަޅުގަނޑުމެން މި ބަލާލަނީ ފިލްމްތަކުގެ މައުލޫމާތުތަކެވެ.އެ ދުވަހެއްގައި ހިމަނާލާ ފިލްމެއްގެ ފުރިހަމަ މައުލޫމާތު “ފިލްމްތަކުން”މިބައިގައި ގެނެސްދެވޭނެއެވެ.

ފިލްމްތަކުން މިބައިގައި މިއަދު މި ގެނެސްދެނީ ދިވެހި ފިލްމް “އެދަރިފުޅު”މި ފިލްމަށްށެވެ.ދިވެހި ފިލްމް އެދަރިފުޅަކީ 2009 ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ފިލްމެކެވެ.މިފިލްމަކީ އައިލާއެއް ތެރޭ ޖޭހޭ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.އެއްބަޑުއެއްބަފާ ދައްތައެއް ކޮއްކޮއާ ދޭތެރޭ ކަންތައް ކުރާގޮތާއި އަދި އެ ދައްތަގެ ފިރިމީހާގެ ދަރިއަކަށް ދައްތަގެ ކޮއްކޮ ބަލިވެއިދެ ދައްތަ ކޮއްކޮއަށް ދައްކާ ކަންތައްތަކާ ދައްތަ ދައްތަގެ ފިރިމީހާއަށް ބޭވަފާތެރިވާކަން ދައްކުވައިދޭ ރީތި ފިލްމަކަށް ދިވެހި ފިލްމް އެދަރިފުޅުވާނެއެވެ.މި ފިލްމް ޑައިރެކްޓްކޮށްދީފައިވަނީ އަހްމަދު ނިމާލްއެވެ.އަދި މި ފިލްމް ޕްރޮޑިއުސް ކޮށްފައިވަނީ ޔޫސުފް ޝަފީއުއެވެ.މި ފިލްމްގެ ވަހަކަ ލިޔެފައިވަނީ އަހްމަދު ސަރުމީލްއެވެ.ފިލްމްގެ ސުކްރީން ޕްލޭ ތައްޔާރުކޮށްދީފައިވަނީ ޔޫސުފް ޝަފީއުއެވެ.އަދި އެޑިޓްކޮށްފައިވެސްވަނީ ޔޫސުފް ޝަފީއުއެވެ.

ފިލްމްގެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު(ދާނިސް)،ނިއުމާ މުހައްމަދު (މައިޝާ)،މުހައްމަދު މަނިކު (ފާރިސް)،ޝީލާ ނަޖީބް (މާޝާ)،އަހްމަދު ނިމާލް (އަހްސަން)،ނާސިދާ މުހައްމަދު (ޖިޔާދާ) ހިމެނެއެވެ.އަދި މީގެ އިތުރުން ކުރެއަގްރާފަރެއްގޮތުގައި އަލީ ފިޒާމް އަދި ނާދިޔާ ހަސަން ވެސް މި ފިލްމްގައި ހަރަކާތްތެރިވެއެވެ.

ފިލްމްގެ ލަވަތަކަށް ބަލާލާއިރު:

1.ލިބުނަސް އުފާވީމޭ ބާކީވެފާ

މިލަވައިގެ ޅެން ހަދާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ)އެވެ.އަދި މި ލަވައަށް މިއުޒިކް ހަދާދީފައިވަނީ އައްޔުމަން ސަރީފްއެވެ.މި ލަވައިގެ އަޑު ވެރިންނަކީ މުހައްމަދު އަބްދުލް ގަނީ(ތޭރަވާ) އަދި ސިފާ ތައުފީގްއެވެ.މިލަވައިގައި ހަރަކާތްތެރިވަނީ ނިއުމާ މުހައްމަދު އަދި ޔޫސުފް ޝަފީއުއެވެ.

2.އޭ ޔާރާ

އޭ ޔާރާ މި ލަވައިގެވެސް ޅެން ހަދާދީފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ)އެވެ.މި ލަވައަށް މިއުޒިކް ހަދާދީފައިވަނީ އިބްރާހިމް ނިފާރު އެވެ.މި ލަވަ ކިޔާދީފައިވަނީ މަރިޔަމް އަސްފާއެވެ.މި ލަވައިގައި ހަރަކާތްތެރިވަނީ ނިއުމާ މުހައްމަދު އެވެ.

3.ހިތް މި އެދޭ

މި ލަވައިގެވެސް ޅެން ހަދާދފައިވަނީ މުހައްމަދު އަބްދުލް ގަނީ އެވެ.ލަވައިގެ މިއުޒިކް ހަދާދީފައިވަނީ އިބްރާހިމް ނިފާރުއެވެ.ލަވަ ކިޔުންތެރިންގެ ތެރޭގައި ހިމެނެނީ މަރިޔަމް އަސްފާ އަދި އިބްރާހިމް ޒައިދު އަލީއެވެ.މިލަވައިގައި ހަރަކާތްތެރިވަނީ ނިއުމާގެ އިތުރުން މިނިކުއެވެ.

4.ހިތް ކަލާ

ހިތްކަލާ މި ލަވައިގެވެސް ޅެން ހަދާފައިވަނީ މުހައްމަދު އަބްދުލް ގަނީއެވެ.އަދި މި ލަވައިގެ މިއުޒިކް ހަދާފައިވަނީ އިބްރާހިމް އަލީއެވެ.އަދި ލަވަ ކިޔާދީފައިވަނީ މުހައްމަދު އަބްދުލް ގަނީގެ އިތުރުން އައިމިނަތު ސައުފާއެވެ.މިލަވައިގެ ތަރިންނަކީ ނިއުމާ މުހައްމަދުގެ އިތުރުން ޔޫސުފް ޝަފީއުއެވެ.

އެވޯޑްތަކަށް ބަލާލާއިރު 2011 ވަނަ އަހަރު ބޭއްވި 1 ވަނަ މޯލްޑިވްސް ފިލްމް އެވޯޑްސްގައި “ބެސްޓް ފިލްމްސް”ގޮތުގައި އެދަރިފުޅުވަނީ ނޮމިނޭޓެޑްވެފައެވެ.ދެން “ބެސްޓް ޑައިރެކްޓަރ”އެއްގެގޮތުގައި އަހްމަދު ނިމާލް ވަނީ ނޮމިނޭޓެޑްވެފައެވެ.އަދި “ބެސްޓް އެކްޓަރ”އެއްގެގޮތުގައި މުހައްމަދު މަނިކު އަދި ޔޫސުފް ޝަފީއު ވަނީ ނޮމިނޭޓެޑްވެފައެވެ.”ބެސްޓް އެކްޓަރެސް”ގެ މަގާމަށް ޝީލާ ނަޖީން،އަދި ނިއުމާ މުހައްމަދު ވަނީ ނޮމިނޭޓެޑް ވެފައެވެ.”ބެސްޓް ކޮރެއަރގުރާފާރ””އޭ ޔާރާ”މި ލަވައިން އަލީ ފިޒާން އަދި “ހިތް މި އެދޭ”މިލަވައިން މުހައްމަދު މަނިކު ވަނީ ނޮމިނޭޓެޑްވެފައެވެ.ދިވެހި ފިލްމް “އެދަރިފުޅު”މިފިލްމްއިން އެއަހަރު ކާމިޔާބް ކުރެވުނު މަގާމަކީ “ބެސްޓް މޭކްއަފް”ގެ ބައިން މުހައްމަދު މަނިކްއެވެ.

ދިވެހި ފިލްމް “އެދަރިފުޅަކީ”ޔޫއްޕެ ޕުރޮޑަކްސަން،ފިއުޗަރ ޓީވީ އަދި މައި ޑްރީމް އެންޓަޓެއިންމަންޓްސް ގުޅިގެން 2009 ވަނަ އަހަރު ގެނެސްދީފައިވާ ފިލްމެކެވެ.

ލިޔުންތެރިޔާގެ

Leave a Reply

Your email address will not be published. Required fields are marked *