ފިލްމްތަކުން މި ބަޔަކީ އަޅުގަނޑުމެން ބާނި އޮންލައިންގެ ފަރާތުން ގެނެސްދޭ ތަފާތު ބައެކެވެ.އެގޮތުން ފިލްމްތަކުން މި ބައިގައި އަޅުގަނޑުމެން މި ބަލާލަނީ ފިލްމްތަކުގެ މައުލޫމާތުތަކެވެ.އެ ދުވަހެއްގައި ހިމަނާލާ ފިލްމެއްގެ ފުރިހަމަ މައުލޫމާތު “ފިލްމްތަކުން”މިބައިގައި ގެނެސްދެވޭނެއެވެ.
ފިލްމްތަކުން މިބައިގައި މިއަދު މި ގެނެސްދެނީ ދިވެހި ފިލްމް “ނުރުހުންވި ލޯބި”މި ފިލްމަށްށެވެ.”ނުރުހުންވި ލޯބި”މި ފިލްމަކީ ފަރިވާ ފިލްމްސްގެ ފަރާތުން ގެނެސްދީފައިވާ ފިލްމެކެވެ.ނުރުހުންވި ލޯބި މި ފިލްމް ނެރެފައިވަނީ 1 ޑިސެންބަރ 1999ގައެވެ.”ނުރުހުންވި ލޯބި”މިފިލްމަކީ ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް ލުޅެފައިވާ ފިލްމެކެވެ.މިފިލްމުން ދައްކައިދެނީ ފިރިހެނެއްގެ ލޯބި ހާސިލްކުރުމަށްޓަކައި އަންހެނަކު ކުރަމުންދާ މަސައްކަތްތަކެކެވެ.މިފިލްމް ޑައިރެކްޓްކޮށްފައިވަނީ އަހްމަދު އިބްރާހިމްއެވެ.އަދި ޕްރޮޑިއުސްކޮށްފައިވަނީ ހުސެއިން ރަސީދުއެވެ.ނުރުހުންވި ލޯބި މި ފިލްމްގެ ވާހަކަ ލިޔެ އަދި ސުކުރީންފްލޭ ލިޔެފައިވަނީ މުހައްމަދު އަބްދުލް ހަކީމްއެވެ.ފިލްމްގެ ތަރިންގެ ތެރޭގައި މުހައްމަދު އަބްދުލް ހަކީމް،ތޫބާ އަހްމަދު،އަބްދުލް ސަލާމް އަބްދުލް ހަކީމް،މައިމޫނާ ޔޫސުފް،މުހައްމަދު މަލިކް،ވަހީދާ ޔޫސުފް،އަހްމަދު އިބްރާހިމް،ފަޖީނާ އަހްމަދު އަދި ހުސެއިން އަފީފް ހަރަކާތްތެރިވެއެވެ.ފިލްމްގެ ސިނެމަޓޮގުރަފީ ހަދާފައިވަނީ އަހްމަދު އިބްރާހިމް އަދި އަލީ އަބްދުލް ހަކީމްއެވެ.ފިލްމް އެޑިޓްކޮށްފައިވަނީ މުހައްމަދު އަބްދުލް ހަކީމްއެވެ.
ދިވެހި ފިލްމް “ނުރުހުންވި ލޯބި”މި ފިލްމްގައި ޖުމްލަ 5 ލަވަ ހިމެނެއެވެ.ލަވަތަކުގެ ތެރޭގައި:
1.ދެންހޭ ސީދާ ސާފު ޖަވާބު
މި ލަވައަކީ މުހައްމަދު ރަސާދު އަދި ޒަހިއްޔާ ތައުފީގް ކިޔާދީފައިވާ ލަވައެކެވެ.
- ދޭނޭތާއޭ
މި ލަވަ ކިޔާދީފައިވަނީ ޒަހިއްޔާ ތައުފީގްއެވެ.
- ހެނދުނާ
މި ލަވަ ކިޔާދީފައިވަނީ ސޮފާ ތައުފީގްއެވެ.
- ފަރި މޫނާ
މި ލަވަ ކިޔާދީފައިވަނީ ހުސެއިން ސޮބާހްއެވެ.
5.ހިތުގާ އަންދަން ފެށި ލޯބި
މި ލަވަ ކިޔާދީފައިވަނީ މުހައްމަދު ރަސާދު އަދި ޒަހިއްޔާ ތައުފީގްއެވެ
“ނުރުހުންވި ލޯބި”މި ފިލްމްކީ ނަވާރަ ސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ނިކުތް ވަރަށް ކާމިޔާބް ފިލްމެކެވެ.މި ތަފާތު ފިލްމް ދިވެހީންގެ ތެރޭ ގިނަ ބަޔަކު މިއަދާ ހަމައަށްވެސް ބަލަމުންދެއެވެ.