ވާހަކަ: ކުށްވެރިއަކީ އަހަންނޭ..

ދުވެފައިގޮސް ކޮޓަރިއަށް ވަދެ އެދުމަށްޗަށް ވެއްޓިގަތީމެވެ.ހިތް ފުރެންދެން ރޯލަން ބޭނުންވިއެވެ.މިރޭ ސާމިން ލޯބީގެ ވާހަކަ ދައްކަން ފެށުމުން އަނެއްކާވެސް އަހަރެންގެ ކުރީ މާޒީގެ ދުވަސްތައް ހާދާންވާފެށިއެވެ.

އެއީ މީގެ 3 ވަރަކަށް އަހަރު ކުރިއެވެ.އަހަރެން އުޅެމުން ދިޔައީ ރަށު ސުކޫލް ގުރޭޑް 10 ގައެވެ.ހަމަ އެއަހަރު ކުލާހަށް އާ ކުއްޖެއް އައެވެ.އެއީ ނިހާދު ކިޔާ ކުއްޖެކެވެ.އަހަރެންނަށް ނިހާދު ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެންނަށް ނިހާދު ވަރަށް ކަމުދިޔައެވެ. ނަމަވެސް އޭރު އަހަރެން އުޅެމުން ދިޔައީ ރާފިލް ކިޔާ ކުއްޖަކާ ރައްޓެހިވެގެންނެވެ.އޭރު އަހަރެމެންގެ ގުޅުމަށް 2 ވާން ކައިރިވަނީއެވެ.އަހަރެން ރާފިލްއާ ރައްޓެހިވީ ގްރޭޑް 9 ގައި އުޅެމުންނެވެ.އަހަރެން ރާފިލްއާ ރައްޓެހިވީ ރާފިލް ދެކެ ލޯބިވެގެންނެއް ނޫނެވެ.އޭރު އަހަރެންގެ ހުރިހާ ރައްޓެހި ކުދިންވެސް އުޅެނީ ކުދިންނާ ރައްޓެހިވެގެންކަމުން އަހަރެންވެސް ކުއްޖަކާ ރައްޓެހިވާހިތްވީއެވެ.ރާފިލް އަހަރެން ދެކެ ވަރަށް ލޯބިވެއެވެ.އަހަރެން ބުނާކަމެއްވިއްޔާ ރާފިލް އަހަންނަށް ކޮއްދެއެވެ.އަހަރެންވެސް ރާފިލް ދެކެ ލޯބިވާކަމަށް ހަދައިގެން އުޅުނީމެވެ.ދުވަސްތައް ފާއިތުވަމުންދެއެވެ.ނިހާދު އަހަންނާ ވަރަށް ވާހަކަ ދައްކާހަދަންފެށިއެވެ.އަހަރެންވެސް ނިހާދުއާ ވާހަކަ ދައްކާ އުޅެމެވެ. ނަމަވެސް ވަރަށް ސިއްރުންނެވެ. ސަބަބަކީ ރާފިލްއަށް މީއިން ކަމެއް އެނގިދަނެތީއެވެ. އެއްގޮތުން އޮތް ހިތްހަމަ ޖެހުމަކީ ރާފިލް އަކީ ކޮމާސް ސުޓްރީމް ކިޔަވާ ކުއްޖެއްކަމުން ރާފިލްގެ ކުލާސް އިއްނަނީ އަނެއް ފަޅީގައެވެ.އަހަރެން ކިޔަވަނީ  ސައިންސް ސްޓްރީމްއެވެ.އެހެން ނަމަވެސް ގަންނަ ބިރަކީ އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ކަން ނިހާދު އަށް އެގެދާނެތީއެވެ.ކުލާސްގެ ހުރިހާ ކުދިންނަށްވެސް އަހަރެން އުޅެނީ ރާފިލްއާ ރައްޓެހިވެގެން ކަން އެނގޭނެއެވެ.

ދުވަސް މިހެން ފާއިތުވަމުން ދެއެވެ.ނިހާދުއާ އަހަރެން ދިމާވި ފަހުން އަހަރެން ރާފިލްއަކަށް ވަގުތެއް ނުދެވެއެވެ.ރާފިލް ދިމާވާ ބުނިކަމަށްވިއަސް އަހަރެން އެތައް ބަހަނާއެއް ދައްކާ ދެކޮޅު ހަދަމެވެ.ރާފިލްގެ އެއްވެސް ކޯލަކަށް ޖަވާބު ދޭހިތެއް ނުވެއެވެ.އަބަދުވެސް އަހަރެން ކަމަކީ ނިހާދުއާ ޗެޓްކުރުމެވެ.އަހަރެން ނިހާދުއާ ވާހަކަ ދައްކާތާ 1 މަސްވީ ދުވަހެވެ.ނިހާދު އަހަންނާ ބައްދަލު ކުރަން އެދުނެވެ.އަހަރެން ނިހާދުއާ ބައްދަލު ކުރީމެވެ.ނިހާދު އެދެމުން ދިޔައީ ނިހާދުއަށް ގުޅުމަށްށެވެ.އަދި ނިހާދު އަހަރެންދެކެ ވަރަށް ލޯބިވާކަމަށް ބުނަމުން ދިޔައެވެ.އަހަރެންވެސް ނިހާދުއާ ރައްޓެހިވާން ބޭނުންވާ ވާހަކަ ބުނީމެވެ.އަދި އަހަރެންވެސް ނިހާދު ދެކެ ލޯބިވާ ވާހަކަ ބުނީމެވެ.އެރެއަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ރެއެވެ.ނަމަވެސް އަހަރެން އެރޭ ވިސްނާލަން ބޭނުންވާކަމަށް ނިހާދު ކައިރީ ބުނީމެވެ.އެއަށްފަހު އެރޭ އަހަރެން ގެއަށް ގޮސް އެކަމާ ވަރަށް ވިސްނީމެވެ.ހަދާނެ ގޮތެއް ނޭނގޭ ކަހަލައެވެ.ސަބަބަކީ އަހަރެންމީ މިހާރުވެސް މީހަކާ ރައްޓެހިވެގެން އުޅޭ މީހެކެވެ.އަނެއްކޮޅުން ރާފިލް އަކީ ގޯސް މީހެއް ނޫނެވެ.އޭނަ އަހަރެން ދެކެ ވަރަށް ލޯބިވާކަން އަހަންނަށް ޔަގީން ކުރެވެއެވެ.ރާފިލްގެ ފަރާތުން ރުޅިވާން ދައްކާނެ ހަމަ އެންމެ ބަހަނާއެއް އަހަނަނަކަށް ނުވިސްނުނެވެ.އަދި އެފަދަ ބަހަނާއެއް ނުވެސް ހޯދޭނެއެވެ.އެހެނަސް ލޯބި ނުވާ މީހަކާ އެއްކޮން އުޅޭނެ ގޮތެއް އަހަންނަކަށް ނޭގުނެވެ.އަހަރެން ކުޑަކޮންވެސް ރާފިލް ދެކެ ލޯތްބެއް ނުވެއެވެ.ނުވެސް ވެވުނެވެ.ވެވޭތޯ ނުވެސް އުޅެމެވެ.މިފަދަ ހިޔާލެއްގައި ވިސްނަން އޮއްވާ ފޯނެއް އައެވެ.ގުޅަނީ ރާފިލްއެވެ.ނަމަވެސް އަހަރެން ފޯނު ނަގާހިތެއް ނުވިއެވެ. އެހެންކަމުން ފޯނު ނުނަގަ އޮވެ އަހަރެން ނިދީމެވެ.

ހެނދުނު ސުކޫލަށް ދިޔަ މަގުމަތިން ރާފިލް އަހަންނާ ބައްދަލުކުރިއެވެ.މިންހާ އަހަރެން ރޭގަ ގުޅިން ނިދަފަދޯއޮތީ ސަކުވާކުރުމުގެ ބަދަލުގައި ރާފިލް އަހާލިއެވެ..އެއީ ރާފިލްގެ އަބަދުވެސް ގޮތެވެ.އެއްވެސް ކަމަކަށް އޭނަ ސަކުވާއެއް ނުކުރާނެއެވެ.އަހަރެން ޖަވާބެއްގެ ގޮތުގައި އާން ބޮލުުގައި ރިއްސާތީ ރޭގަ ވަރަށް ކުރިން ނިދީކަމަށް ބުނެ އަހަރެން ދޮގެއް ހަދާލީމެވެ.ކުލާސް ގަޑިޖެހެނީކަމަށް ބުނެ އަހަރެން ކުލާހާ ދިމާއަށް ދާން ހިނގާގަތީމެވެ.އަހަރެން ދާ މަންޒަރު ބަލަން މަޑުކޮއްލައިގެން ރާފިލް ހުއްޓެވެ.ކުލާސް ނިމިގެން ދަމުން އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ ނަދާ އަހަރެން ކައިރީ ވާހަކައެއް ދައްކަން ބޭނުންކަމަށް ބުނިއެވެ.އަހަރެން އާން ކިޔާށޭ ކިޔާފައި ހިގާގަތީމެވެ.ނަދާ އަހަރެން ގާތު ދައްކަން ފެށީ ނިހާދުގެ ވާހަކައެވެ. ނިހާދު މާވަރަކަށް މިންހާއަށް ބަލާކަމަށްށާ އަދި މިންހާވެސް އޭނައަށް މާ ގިނައިން ވާހަކަދައްކާތަން ފެންނަކަމަށްށާ އަދި މިހާރަކަށް އައިސް ރާފިލް ދެރަވެފައި ހުންނަ ވާހަކަ އަދި މިންހާ ރާފިލްއާ ވާހަކަ ދައްކާ އެއްކޮން އުޅޭ މަންޒަރު ނުފެންނަކަމަށް ނަދާ ބުނަމުންދިޔައެވެ. އަހަރެން ބުނާނެ ވަކި އެއްޗެއް ނޭނގުނެވެ.ނަމަވެސް ނަދާއަށް ދޮގުހަދާކަށް އަހަރެން ބޭނުމެއް ނުވެއެވެ.އަދި އަހަރެން ދޮގު ހެދިކަމަށް ވިޔަސް މި ވާހަކަތަކަކީ މާގިނަ ދުވަހު ފުރޮވާފައި ބޭއްވިދާނެ ވާހަކަތަކެއްހެން ހުދު އަހަންނަށްވެސް ސައްކުކުރެވެއެވެ.

(ނުުނިިމޭޭ)

ލިޔުންތެރިޔާގެ

Leave a Reply

Your email address will not be published. Required fields are marked *