ކޮން އިރަކުންތޯ މީހަކާ އިންނަނީ މިއީ ދިމާވާ ކޮންމެ މީހަކާ ވެސް ވަރަށް ފަސޭހައިން ކޮށްލެވޭ ސުވާލެކެވެ. މިހެން މީހަކާ ނުއިނދެ ހުއްޓާ، ދެ މީހަކު ކައިވެނިކުރިކަމުގެ އަޑެއް އާއިލާގެ މީހަކަށް ނުވަތަ ރައްޓެއްސަކަށް އިވިއްޖެއްޔާ މި ސުވާލު ކުރާލެއް އަދި މާ ގިނަވެއެވެ. މީހެއްގެ ކައިވެނި ޕާޓީއަކަށް ގޮސްފިއްޔާ، ހާލު އަހާ މީހުންނަށްވުރެ އެ ސުވާލު އަހާލެއް ގިނައެވެ.
ތިހެން މީހަކާ ނުއެދެ ތިއޮއް އުމުރުދަނީއޭ ތިހެން ހުރެ ދެން އިންނާނެ މީހަކުވެސް ނުލިބޭނެ”މިއީ އަބަދުވެސް މިކަހަލަ މީހުން ބުނަމުން އަންނަ ބަސްތަކެކެވެ.ނަމަވެސް މިފަދަ ބަސްތަކުން އަނެއްމީހާ ދެރަވެދާނެކަމެއް މިފަދަ މީހުންނަކަށް ނުވިސްނެއެވެ.މިފަދަ ބަސްތަކުގެ ސަބަބުން އަނެއްމީހާ ހިތުގައި ޖެހިގެންދަނީ ކިހާވަރަކަށްކަމެއްވެސް މިކަހަލަ މީހުންނަށް ވިސްނައެއްނުލެވެއެވެ.ކޮންމެ މީހަކަށްވިއަސް އެއްޗެއް މީހަކާ ދިމާއަށް ބަހެއް ބުނުމުގެ ކުރިން އަބަދުވެސް ވިސްނާލުން މުހިއްމެވެ.
ވިސްނާލުން މުހިންމު ކަމަކީ ކޮންމެ މީހަކު ވެސް ވަގުތު އައިސް ޖެހުމުން ކައިވެނި ކުރާނޭ ކަމެވެ. ފަހަރެއްގައި އެމީހަކު އަދި ކައިވެނި ކުރުމުގެ ކުރިން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ތަކެއް ހުރީ ކަމުގައި ވެސް ވެދާނެ ނޫން ހެއްޔެވެ. ނޫނީ އަދި ކައިވެނި ކުރަން “ރެޑީ” ނޫނީ ކަމުގައި ވެސް ވެދާނެނޫޏް ހެއްޔެވެ؟ނުވަތަ އޭނާ އެކަމަށް މިހާރުވެސް ތައްޔާރުވަމުންދަނީ ކަމަށްވެސްވެދާނެނޫންހެއްޔެވެ.
ކޮންމެ ގޮތެއްވިއަސް ކައިވެންޏަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ތައްޔާރު ވެގެން އުފުލަންޖެހޭ މަސްއޫލިއްޔަތެކެވެ.ކައިވެންޏަކީ ކޮންމެހެން ރީތި ތާރީހެއްގައި ކުރަން މަޖްބޫރުކަމެއް ނޫނެވެ.އެމީހަކު އެކަމަށް ތައްޔާރުވެ ދިރިއުޅުމުގެ ބުރަތައް ތަހައްމަލްކުރެވޭނެކަމުގެ ޔަގީން ކަން ލިބި އެކަމަށް ރަނގަޅަށް ތައްޔާރުވެވުނީމާ އެވީ ކައިވެނި ކުރާށެވެ.އެހެން ކަމުން ކޮން އިރަކުންތޯ ކައިވެނި ކުރާނީ އަބަދު ނޭހިއެއްކަމަކު އެމީހަކު ކައިވެނި ކުރަން ތައްޔާރުވެވުމުން އެކަން އެމީހަކު ކުރާނެއެވެ.