ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި ނަޓްސް އަކީ ވަރަށް މުހިއްމު ބައެއް ކުޅޭ އެއްޗެކެވެ.ނަޓްސްގެ ތެރޭގައި ހިމެނޭ ކޮންމެ ބާވަތަކީވެސް އެނގޭން ސިއްހީ އެތައް ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ.އެހެންކަމުން ކޮންމެ ބޭފުޅަކުވެސް ގިނަ ގިނައިން ނަޓްސްގެ ބާވަތްތައް ބޭނުންކުރުމަކީ ރަނގަޅުކަމެކެވެ.ނަޓްސްގެ ތެރޭގައި ވަރަށް ބައިވަރު ބާވަތްތައް ހުރެއެވެ.އޭގެތެރެއިންވެސް ކެޝޫ ނަޓަކީ ވަރަށް ފާހަގަކޮށްލެވޭ ބާވަތެކެވެ.
ކެޝޫ ނަޓަކީ ހަކުރުގެ މިންވަރު ވަރަށް ދަށް އެއްޗެކެވެ.އަދި ކެޝޫ ނަޓަކީ ކޮޕާ އިން މުއްސަނދި ވެފައިވާ ނަޓެކެވެ.މި ނަޓުސް ބޭނުންކުރުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ރަނގަޅުކޮށްދެއެވެ.އަދި މީހާގެ ސިކުނޑި ތަރައްގީ ކޮށްދެއެވެ.ކޮލެސްޓްރޯލް ދަށްކޮށް ހަމައަކަށް އަޅުވަން ބޭނުންކަމަށްވާނަމަ ކެޝޫ ނަޓަކީ ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެކެވެ.
ބަރުދަން ލުއިކުރުމަށް ވެސް ކެޝޫ ނަޓް އެހީތެރިވެދެއެވެ.ހިކެން ބޭނުންވާ ފަރާތަކުންވެސް ކެޝޫ ނަޓް ބޭނުންކުރުން އިތުރުކުރެވިދާނެއެވެ.ކެޝޫ ނަޓްގައި އެކުލެވޭ އޮމެގާ 3 ފެޓީ އެސިޑްސްގެ ސަބަބުން މެޓަބޮލިޒަމް ރަނގަޅުކޮށްދެއެވެ.
ހިތުގެ މައްސަލަތަކަށްވެސް ކެޝޫ ނަޓްސްއަކީ ބޭނުންކުރެވިދާނެ އެއްޗެކެވެ.އެގޮތުން މީގައި ހިމެނޭ މެގްނީޒިއަމްގެ ސަބަބުން ހިތުގެ ވަރަށް ގިނަ ބަލިތަކުން ސަލާމަތްކޮށްދެއެވެ.އެގޮތުން ކެޝޫ ނަޓަކީ ވިޓަމިންސް އަދި މިނެރަލްގެ އިތުރުން ފައިބަރު ހަށިގަނޑަށް ލިއްބައިދޭ އެއްޗެކެވެ.
ކެޝޫ ނަޓަކީ ހަކުރު ބަލީގެ މީހުންވެސް ބޭނުން ކުރަން ވަރަށް ރަނގަޅު އެއްޗެކެވެ.އެގޮތުން ކެޝޫ ނަޓް ކެއުމުން ލޭގެ ހަކުރު ކޮންޓްރޯލްކޮށްދޭން ބާރު އަލައެވެ.އެހެންކަމުން ހަކުރު ބަލީގެ މީހުން ކެޝޫ ނަޓް ކެއުން މުހިއްމެވެ.
ކެޝޫ ނަޓަކީ ވަރަށް ގިނަ ބަލިތަކަކުން ދުރުކޮށްދޭ އެއްޗެއްކަން އަހަރެމެންނަށް އެނގިގެން ގޮސްފިއެވެ.އެގޮތުން ހަކުރު ބަލި،ހިތުގެބަލި ފަދަ ބަލިތަކުން ސަލާމަތްކޮށްދިނުމަށް ކެޝޫ ނަޓްސް ވަރަށް މުހިއްމު ރޯލެއް ކުޅެއެވެ.އެހެންކަމުން ހުރިހާ ބޭފުޅުންވެސް ދިރިއުޅުމުގެ މައިދާނުގައި ނަޓްސްގެ ބާވަތްތައް ބޭނުންކުރުން ގިނަކޮށްލާށެވެ.