މިންހާ އަހަރެން މިންހާ ދެކެ ވަރަށް ލޯބިވޭ؟ އަދި މިންހާ އަހަރެން ހަޔާތުގެ ބައިވެރިޔަކަށް ހަދަން ވަރަށް ބޭނުން މިކަމާ މިންހާ ބުނަނީ ކީކޭ؟ ސާމިން ވަރަށް ލޯބިން ބުނެލިއެވެ.މިކަމާ އަހަރެން ބުނަނެ އެއްވެސް އެއްޗެއް ނޭނގުނެވެ.ދެންމެ ސާމިން އެދެއްކި ވާހަކަތަކަކީ އަހަރެން މިހާރު އެހާ އަޑުއަހަން ބޭނުންވާ ކަހަލަ ވާހަކަތަކެއް ނޫނެވެ.ކުއްލިއަކަށް ސާމިން އަހަރެންނަށް ގޮވާލުމުން އަހަރެން ދިޔައީ ސިއްސައގެންނެވެ.ކޮން ހިޔާލެއްގައި ސާމިން ބުނެލިއެވެ.ހިޔާލެއްގައެއް ނޫން އަހރެން ބުނެލީމެވެ.އަދި ގެއަށްދާން ހިނގާށޭ ބުނެ އަހަރެން ހިނގާގަތީމެވެ.ނަމަވެސް ސާމިން އަހަރެންގެ އަތުގައި ހިފާ ދަމާއިގަތެވެ.ކޮބާ އަހަރެން ކުރި ސުވާލު ޖަވާބު؟ކޮން ސުވާލެއް އަހަރެން ނޭނގޭ ކަމަށް ހެދީމެވެ.ނަމަވެސް ސާމިން އަނެއްކާވެސް އެސުވާލުތައް ކުރަން ފެށިއެވެ.އެހެންކަމުން މިފަހަރު އަހަރެންނަށް ޖެހުނީ އެ ސުވާލުތަކަށް ކޮންމެވެސް އެއްޗެއް ބުނާށެވެ.
ސާމިން އަހަންނަށް އެނގޭ ސާމިން އަހަރެން ދެކެ ވަރަށް ލޯބިވާކަން އެހެންނަމަވެސް އަހަންނަކީ އެއްވެސް މީހެއްގެ ލޯބި ހައްގުވެގެންވާ މީހެއް ނޫން.އަހަންނަކީ ސާމިން ތިހީކުރާ ކަހަލަ ކުއްޖެއްވެސް ނޫން އަހަންނަށްވުރެން މާ ރަނގަޅު ކުދިން ސާމިންއަށް ލިބޭނެ ސާމިންގެ ރައްޓެއްސެއްގެ ގޮތުގައި އަހަރެން އަބަދުވެސް ހުރެދޭނަން އެހެންނަމަވެސް ސާމިން ދެންމެ ތި އެދުން ކަންތައް އަހަންނަކަށް ދުވަހަކުވެސް ކޮއްދެވޭކަށް ނެތް ވަރަށް ބޮޑަށް ސޮރީ..އެކީތްވެ އަނެއްކާވެސް އެސަބަބު ބެލުމުގެ ގޮތުން ސާމިން އަހާލިއެވެ.އެސަބަބު އަހަންނަކަށް ބުނެވޭކަށް ނެތް އަދި ދައްކާކަށް ބޭނުމެއްވެސް ނޫން އަހަންނަށް މާފް ކުރޭ އެހެންބުނެވުނު ވަގުތު އަހަރެންގެ ލޮލުން ހޯސްލައިފައި ކަރުނަތައް އޮހިގަތެވެ. އަހަރެން ދެން ދަނީއޭ ބުނެ އެތަނުން ދާން ހިގާގަތީމެވެ.މިންހާ ދާ މަންޒަރު ބަލަން ސާމިން ދެރަވެފައި ހުރިއެވެ.އަދި ގެއަށް ދަން ހިނގަގަތެވެ.
ދުވެފައިގޮސް ކޮޓަރިއަށް ވަދެ އެދުމަށްޗަށް ވެއްޓިގަތީމެވެ.ހިތް ފުރެންދެން ރޯލަން ބޭނުންވިއެވެ.މިރޭ ސާމިން ލޯބީގެ ވާހަކަ ދައްކަން ފެށުމުން އަނެއްކާވެސް އަހަރެންގެ ކުރީ މާޒީގެ ދުވަސްތައް ހާދާންވާފެށިއެވެ.