ބްރޯޑްކާސްޓިންގ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޒީނިޔާ މަޤާމުން ވަކިކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މަޤާމުން ވަކިކޮށްފިއެވެ. މިކަން ހިނގާފައިވަނީ އޭނާ ތިން ދުވަހަށް ސަސްޕެންޑް ކުރުމަށްފަހުގައެވެ.

ޒީނިޔާ ސަސްޕެންޑް ކުރެވުނީ މަސައްކަތަށް ހުރަސްއެޅުމާއި، ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދިނުމުގެ އިތުރުން މެމްބަރުންނަށް އިހުތިރާމް ނުކުރުން ފަދަ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރެވެމުންދިޔަ ދަނޑިވަޅެއްގައެވެ.

ބްރޯޑްކޮމްގެ ބައެއް މުވައްޒަފުން ވަނީ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. މި ޕެޓިޝަންގައި ބަޔާންކޮށްފައިވަނީ ކޮމިޝަންގެ ރައީސް ސޮފާ ޝަފީގާއި ބައެއް މެމްބަރުން އިދާރީ ހިންގުމުގެ ކަންކަމަށް ނުފޫޒު ފޯރުވައި، އިދާރީ އޮނިގަނޑަށް އިހުތިރާމް ނުކުރާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން ޒީނިޔާގެ ފަރާތުން އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ. އަދި ކޮމިޝަނުން ވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ލިޔުންތެރިޔާގެ

Leave a Reply

Your email address will not be published. Required fields are marked *