ބާނި އޮންލައިން އިން ގެނެސްދޭ ސުފުރާ މި ސެގްމެންޓަށް ހުރިހާ ކިޔުންތެރިންނަށް މަރުހަބާ މި ބައިގައި އަޅުގަނޑުމެން މިގެނެސްދެނީ ކާ ތަކެތި ތަައްޔާރު ކުރާނެ ގޮތުގެ މައުލޫމާތެވެ.އެގޮތުން މިއަދު ގެނެސްދޭން މި އުޅެނީ އައިސް ކޮފީ ތައްޔާރުކޮށްލާނެ ގޮތުގެ މައުލޫމާތެވެ.
ބޭނުންވާ ތަކެތި:
ފަސް ސައިސަމުސާ އިންސްޓަންޓް ކޮފީ
އެއް ޖޯޑު ހޫނު ފެން
16 މޭޒުމަތީ ސަމުސާ މެރިގޯލްޑް ޑޯން ސްވީޓްންޑް ބެވަރޭޖް ކްރީމަރ
½ ޖޯޑު ފުލްކްރީމް ކިރު
ތިން މޭޒުމަތީ ސަމުސާ ހަކުރު
ދެ ޖޯޑު އައިސް ކިޔުބް
ތައްޔާރު ކުރާނެގޮތް:
އެންމެ ފުރަތަމަ އައިސް ކިޔުބް ނޫން އެހެން ހުރިހާ އެއްޗެއް ބާރަށް މަތިޖެހޭ ފުޅިއަކަށް އަޅާލާށެވެ. ދެން ބާރަށް މަތި ޖަހާފައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވާ ވަރަށް ފުޅި ދެކޮޅަށް ދެކޮޅަށް ބާރަށް ތަޅުވާށެވެ. ހުރިހާ އެއްޗެއް އެއްކުރަމުން ދާއިރު ރަހަ ބަލާލާފައި ބޭނުން ގޮތަކަށް ބަދަލު ގެންނާށެވެ.
އައިސް ކިޔުބްތައް ދެ ތަށްޓަށް ބަހާލާށެވެ. އެއަށްފަހު އެއްކުރި ސާމާނު ދެތަށްޓަށް އެއްވަރު ވާނެ ގޮތަށް އައިސްކިޔުބް ތަކުގެ މައްޗަށް އޮއްސާލާށެވެ.