ރެސިޕީ: ކްރީމް ޖެހި ބަަނަސް

ބާނި އޮންލައިން އިން ގެނެސްދޭ ސުފުރާ މި ސެގްމެންޓަށް ހުރިހާ ކިޔުންތެރިންނަށް މަރުހަބާ މި ބައިގައި އަޅުގަނޑުމެން މިގެނެސްދެނީ ކާ ތަކެތި ތަައްޔާރު ކުރާނެ ގޮތުގެ މައުލޫމާތެވެ.އެގޮތުން މިއަދު ގެނެސްދޭން މި އުޅެނީ ކްރީމް ޖެހި ބަނަސް ތައްޔާރުކޮށްލާނެ ގޮތުގެ މައުލޫމާތެވެ.

ބޭނުންވާ ތަކެތި:

ބޭނުންވާ އަދަދަށް ބަނަސް

½ ޖޯޑު ހަކުރު

އެއް ޖޯޑު ގެރިކިރު

¾ ސައިސަމުސާ ވެނީލާ އެސެންސް

ދެތިން ތިކި ކާކުލަ

ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ، ހަކުރުކޮޅު މިކްސަރަށް އަޅާ މުގުރާލާށެވެ. އެއްކޮށް ހިމުންވަންދެން މުގުރަންވާނެއެވެ.

ދެން ތަށްޓަކަށް ހަކުރުކޮޅު އަޅާލުމަށްފަހު އޭގެ ތެރެއަށް ގެރިކިރާއި ވެނީލާ އެސެންސް އަދި ކާކުލަކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ބަނަސްތައް ފަޅާލުމަށްފަހު ފަޅާފައި ހުރި ތަންތަނުގެ ތެރެއަށް ކްރީމް އަޅާށެވެ.

 

ލިޔުންތެރިޔާގެ