ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިރޭ ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވަނީ ޑްރަގްގެ ބާވަތެއް ކަމަށްވާ މެތު ކަމަށެވެ.
މިއަދު އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި 3،600 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.