ފޭރަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި މޭވާއެކެވެ.ފޭރަކީ ރާއްޖޭގެ ރަށްރަށުގައި ވަރަށް ގިނައިން ހައްދާ އުޅޭ މޭވާއެކެވެ.އެގޮތުން ފޭރުގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަކުރެވެއެވެ.އެގޮތުން ފޭރަކީ ހަށިގަނޑަށް ބޭނުންވާނެ ވިޓަމިންތަކާއި މައުދަންތައް ވަރަށް ގިނައިން ހުންނަ މޭވާއެކެވެ. އަދި މީގެ އިތުރުން ފޭރުގެ ފަތަކީ ވެސް ދުލަހެޔޮކަމަށް އެތައް ގޮތަކުން ބޭނުންތެރި އެއްޗެކެވެ.
ފޭރަކީ މިހާރުގެ ބާޒާރުތަކުގައިވެސް ގިނަ އަދަދަކަށް ދައުރުކުރަމުން ދާ މޭވާއެކެވެ.ފޭރަކީ ހުހާ ކެއުމުގެ އިތުރުން ފަނި ގިރައިގެންވެސް ބޭނުން ކުރާ މޭވާއެކެވެ. ފޭރުން ލިބޭ ފައިދާތަކަށް ބަލާލާއިރު ވަރަށްވެސް ގިނަ ފައިދާ ފޭރުން ލިބެއެވެ.އެގޮތުން ފޭރަކީ ވިޓަމިން ސީ އަދި ވިޓަމިން އޭ އިން މުއްސަދިވެފައިވާ މޭވާއެކެވެ. ވިޓަމިން ސީ އަކީ ހަށިގަނޑަށް ވަރަށް މުހިއްމު މާއްދާއެކެވެ.ހަށިގަނޑުގައި ހުންނަ ޓިޝޫ އާކުރުމުގައި ވިޓަމިން ސީގެ ދައުރު ވަރަށް ބޮޑެވެ.އެހެން ކަމުން ފޭރުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވިޓަމިން ސީ ވަރަށް ރަނގަޅަށް ލިބެއެވެ.ގާތްގަނޑަކަށް ފޭރެއްގައި 126 މިލިގުރާމުގެ ވިޓަމިން ސީ ހުންނަ ކަމަށް ވެއެވެ.ފޭރު ކެއުމުން ގިނަ ގުނަ ފައިދާ ތަކެއް ކުރާއިރު އޭގެތެރޭގައި ކަށިތަކާއި ދަތްތައް ވަރުގަދަކޮށްދީ ދީފާއީ ބާރުވެސް ވަރުގަދަކޮށްދެއެވެ.އަދި ހަންގަނޑު ވަރުގަދަކޮށްދީ އަދި ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދެއެވެ.އަދި ކެންސަރުން ހިމާޔަތްކޮށްދީ އަދި ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށްދެއެވެ.އަދި މިނޫނަސް ތަފާތު ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ފޭރުގައި ހުންނަކަމަށްވެއެވެ.
ސައިންސްވެރިން ފާހަގަ ކުރާގޮތުގައި ގިނައިން ފޭރު ކާކަމުގައި ވާނަމަ ގިނަ ބަލިތަކުން މީހާ ރައްކާތެރިކޮށްދެއެވެ.
އެގޮތުން ބަލާއިރު: ކެންސަރު ބަލި،ހަކުރު މައްޗަށް ދިއުން،ލޭގެ ޕްރެސަރ މައްޗަށް ދިއުން،ހިތުގެ ތަފާތު ބަލިތަކުން ސަލާމަތްކޮށްދިނުން،ބޭރަށް ހިންގުން ފަދަ ކަންކަމުން ފޭރުގެ ޖަރިއްޔާއިން ކުޑަކޮށްދެއެވެ.
އެހެންކަމުން މި ގެނެސްދެވުނު މައުލޫމާތުތަކުން އެނގިގެން މި ދިޔައީ ދިރިއުޅުމުގެ މައިދާނުގައި ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި ފޭރުގެ ބޭނުން ހިފިދާނެކަމެވެ.