ފިލްމްތަކުން: ދިވެހި ފިލްމް”އެދަތުރު”

ފިލްމްތަކުން މި ބަޔަކީ އަޅުގަނޑުމެން ބާނި އޮންލައިންގެ ފަރާތުން ގެނެސްދޭ ތަފާތު ބައެކެވެ.އެގޮތުން ފިލްމްތަކުން މި ބައިގައި އަޅުގަނޑުމެން މި ބަލާލަނީ ފިލްމްތަކުގެ މައުލޫމާތުތަކެވެ.އެ ދުވަހެއްގައި ހިމަނާލާ ފިލްމެއްގެ ފުރިހަމަ މައުލޫމާތު “ފިލްމްތަކުން”މިބައިގައި ގެނެސްދެވޭނެއެވެ.

ފިލްމްތަކުން މިބައިގައި މިއަދު މި ބަލާލަނީ ދިވެހި ފިލްމް “އެދަތުރު”މި ފިލްމަށްށެވެ.ދިވެހި ފިލްމް އެދަތުރަކީ ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ.މި ފިލްމްގައި ދައްކުވައި ދެނީ ރައްޓެހިންތަކެއް ދަތުރު ގޮސްގެން އުޅެނިކޮން ދިމާވާ ކަންތައްތަކެކެވެ.އެގޮތުން ދިވެހި ފިލްމް އެދަތުރަކީ ޔޫސުފް ސަފީއު ޑައިރެކްޓް ކޮށްދީފައިވާ ފިލްމެކެވެ.ދިވެހި ފިލްމް އެދަތުރުގެ ތަރިންގެ ތެރޭގައި ޔޫއްޕެ،ސާވިން،ސީރީން،އަލީ އަހްމަދު،ލުފްސާން،ނީލަމް،އަބްރާހިމް ސޮބާހް،ޒައިނަބް،ކުޑަ ހައްޖަ،އާސިމް،ހާމިދު،ޔޫސުފް ސޯލިހް،އަޖްމީލް،މުއާ ހިމެނެއެވެ.ދިވެހި ފިލްމް އެދަތުރު މި ވާހަކައަކީ މުހައްމަދު ގާސިމް ގެ ވާހަކައެއްގެ މައްޗަށް ތައްޔާރުކުރި ފިލްމެކެވެ.އަދި ފިލްމްގެ ސުކްރީން ޕްލޭ ތައްޔާރުކޮށްފައިވަނީ ޔޫސުފް ސަފީއުއެވެ.އަދި މިފިލްމްގެ ޑައިލޮގްތައް ތައްޔާރު ކޮށްފައިވަނީ މުހައްމަދު ގާސިމްއެވެ.ފިލްމްގެ ސިނަމަޓްގްރަފީ ހަދާފައިވަނީ އަލީ ރަސީދު.ފިލްމްގެ ލައިޓިންގް ހަދާދީފައިވަނީ އަލީ ރަސީދު،ޔޫސުފް ސޯލިހް އަދި އަހްމަދު ފިރުސާން އެވެ.ފިލްމްގެ ތަރިންގެ މޭކަޕްތައް ކޮށްދީފައިވަނީ ސީރީން އަބްދުލް ވަހީދުއެވެ.ފިލްމް އެޑިޓްކޮށްފައިވަނީ ޔޫސުފް ސަފީއު އަދި އަލީ ރަސީދު.ފިލްމުގެ ޑަބިން ހަދާދީފައިވަނީ މުހައްމަދު އަމްސަދުއެވެ.އެދަތުރު މިފިލްމްގެ ޕޯސްޓް ޕްރޮޑްކްސަންގައި ހަރަކާތްތެރިވެފައިވަނީ މައި ޑްރީމް އެންޓަޓެއިންމަންޓް އަދި މޯސަން ފިކްޗާރސްގެ ފަރާތުންނެވެ.ފިލްމްގެ ޕްރޮޑިއުސަރަކީ މުހައްމަދު އަބްދުﷲއެވެ.އަދި މިފިލްމްގެ ކޯ ޕްރޮޑިއުސަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އަލީ މައިސަން އަދި ޔޫސުފް ސަފީއުއެވެ.

ފިލްމެއްގައި ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއްބަޔަކަށް ވާނެ ބަޔަކީ ލަވަތަކެވެ.ފިލްމް ބަލާ ކޮންމެ މީހަކުވެސް ފިލްމްގައި ކުޅޭގޮތަށް ރީތި ލަވަތަކެއް ހުރުމަށް އެދޭނެއެވެ.އެގޮތުން ދިވެހި ފިލްމް އެދަތުރުގައި ޖުމްލަ 4 ލަވަ ހިމެނޭއެވެ.ފިލްމްގެ ލަވަ ތަކުގެ ލިރިކްސް ހަދާދީފައިވަނީ ސަކީބް،ނާސިދު،ކަނީރު އަބްދުލް ރަހީމްއެވެ.ލަވަތައް ކިޔާދީފައިވަނީ ސިފާ ތައުފީގް،އިލްހާމް ފަޒީލް،އަލީ (ކޯމަންޑް)އެވެ.ފިލްމްގެ ބެކް މިއުޒިކް ތައްޔާރުކޮށްދީފައިވަނީ އައްޔުމަން ސަރީފްއެވެ.

ދެން މި ބަލާލަނީ މިފިލްމް ލަވަތަކަށްށެވެ.

1.ގަތްބިރު ގަޔާ

ގަތް ބިރުގަޔާ މި ލަވައިގައި ގާތްގަނޑަކަށް ފިލްމްގެ ހުރިހާ ތަރިންހެން ހިމެނިގެންދެއެވެ.އެގޮތުން ޔޫސުފް ސަފީއު،ނީލަމް،ސީރީން،އައްޔަ،ލުފްސާން ފާހަގަކޮށްލެވެއެވެ.މި ލަވަ ކިޔާދީފައިވަނީ ސިފާ ތައުފީގްއެވެ.

2.ހިތްއެދޭވަރުން ދުރުވެވޭހެދެން

މިލަވައިގައި ހަރަކާތްތެރިވަނީ ސީރީން އަދި ސާވިންނެވެ.މި ލަވަ ކިޔާދީފައިވަނީ މުހައްމަދު ފަޒީލް އަދި ސިފާ ތައުފީގްއެވެ.

3.ބެހިދާނެއޭ ލޯބީގާ އޮޔާ

މި ލަވަގައި ހަރަކަތްތެރިވެފައިވަނީ ނީލަމް އަދި އައްޔައެވެ.ބެހިދާނެއޭ ލޯބީގާ އޮޔާ މި ލަވަ ކިޔާފައިވަނީ ސިފާ ތައުފީގް އަދި ހަސަން އިލްހާމްއެވެ.އަދި މިލަވަގެ ޅެން ހައްދަވާދީފައިވަނީ ކަނީރް އަބްދުލް ރަހީމްއެވެ.މި ލަވައަކީ ހިންދީ ލަވަ ޕަރުދޭސިޔާ އޭ ސަޗްހޭ ކިޔާ މި ލަވައިގެ ކޮޕީއެކެވެ.

4.ވާދެރަ ނެތި ދާނޭތޯ

މި ލަވައިގައި ހަރަކާތްތެރިވަނީ އޫސުފް ސަފީއު އަދި ހައްޖަ އެވެ.މިލަވަ ކިޔާފައިވަނީ އަލީ އަބްދުލްލާ އާއި ސިފާ ތައުފީގްއެވެ.

ދިވެހި ފިލްމް އެދަތުރަކީ ވަރަށް ރީތި ފިލްމެކެވެ.2000ގެ ތެރޭގައި ނިކުތް ބިރުވެރި ފިލްމްތަކުގެ ތެރެއިން ދިވެހި ފިލްމް އެދަތުރަކީ ފާހަގަކޮށްލެވޭ ވަރުގެ ފިލްމެކެވެ. އެގޮތުން އެވޯޑްތަކަށް ބަލާލާނަމަ 4ވަނަ ގައުމީ ފިލްމް އެވޯޑްސްއިން ބެސްޓް ސަޕޯރޓިންގް އެކްޓަރ ގެ މަގާމަށް އަލީ އަހްމަދު ވަނީ ނޮމިނޭޓެޑްވެފައެވެ.އަދި ބެސްޓް ސަޕޯރޓިންގް އެކްޓަރެސްގެ މަގާމަށް ފާތުމަތު ނީލަމް ވަނީ ނޮމިނޭޓެޑްވެފައެވެ.ދިވެހި ފިލްމް އެދަތުރަށް 4 ވަނަ ގައުމީ ފިލްމް އެވޯޑްސްއިން ކާމިޔާބްވި ވަނަ ތަކުގެ ތެރޭގައި ބެސްޓް ސުކޯރގެ މަގާމަށް އައްޔުމަށް ސަރީފްވަނީ ކާމިޔާބުކޮށްފައެވެ.އަދި ބެސްޓް ސައުންޑް އެޑިޓިންގް މަގާމް ވަނީ އަހްމަދު އަމްސަދު ވަނީ ކާމިޔާބުކޮށްފައެވެ.

އެހެންކަމުން މިފިލްމް ނުބަލާ ހުރިހާ ކިޔުންތެރިންވެސް ފިލްމް ބަލާލަން ރަނގަޅު ވާނެއެވެ.މި ފިލްމަކީ 2 ގަޑިއިރުގެ ފިލްމެކެވެ.މި ފިލްމް ނެރެފައިވަނީ 15 ސެޕްޓެމްބަރ 2004 ގައެވެ.

ލިޔުންތެރިޔާގެ