އާދަކޮށް މިމަގުން ކުރިކަނޑަންޏާ
ހާލު ކިހިނެތްތޯ އެހިދާނޭ
މާގިނައިން ތިޔަހެން ފެނިއުޅެންޏާ
ނަން އަހާލަންވެސް ޖެހިދާނޭ
***********************
ދުރުދުރުން ތިޔަހެން ލޯމަރަންޏާ
ބަސްބަހުން ޙަމަލާ ދީ ހަދަންޏާ
ނަންބުނަން ޖެހިލުންވެ ފިލަންޏާ
ފޯނު ނަންބަރުވެސް ބެލިދާނޭ
*************************
ފާޑަކަށް ތިޔަހެން ހީއުޅެންޏާ
ގޮތްގޮތަށް ނަޒަރުން މެސެޖުދެންޏާ
ހިތްމަގޭ ކިޔަމަން ނުވެނިގެންގޮސް
ލޯބި ފަހަރެއްގާ ވެވިދާނޭ
ހިތްއުފާވާ ޖަވާބެއް ނުދެންޏާ
އާއެކޭ ނުބުނެ މާ ލަސްކުރަންޏާ
އިންތިޒާރުގެ ވަގުތު ދިގުކުރަންޏާ
ފޫހު ފަހަރެއްގާ ވެވިދާނޭ
އާދަކޮށް މިމަގުން ކުރިކަނޑަންޏާ
ހާލު ކިހިނެތްތޯ އެހިދާނޭ