ހަނދަކީ ކަލާ ކަމުގައި ވިޔަސް
ތި އަލިން ދެނެއް ނުހިނގާނަމޭ
އަދު ދެން ކަލާ ރުހުނަސް މަށާ
އަމުދުން ދެނެއް މަ ނުދާނަމޭ
*************************
ޖެހިގެން އަޅާ ބިކަ ޙާލުގާ
ނެތި މަންޒިލެއް މިޙަޔާތުގާ
ބެހިޔަސް ކަލާ ރިއްސާ ރަނާ
ޞަދަޤާތަކަށް ނުހިފާނަމޭ ހަނދަކީ ކަލާ..
***************************
ހިޔަސައްތަ ގިނަވީ ރޭދުވާ
ބެހިގޮސް ވި މާ ފުން ކަނޑުތެރޭ
ވިޔަކަސް ތިބާ ނެގުމަށް ހިލާ ރުހިގެން އަތެއް ނުދަރާނަމޭ
ހަނދަކީ ކަލާ ..
**************************
ނެތި ގެއްލުމުން ކަތިވަޅި ހިތާ
އެކު ކޮށި ދަނޑާ މަރިޔަނބު މަގޭ
ގެތިގެން އަލުން ޖެހި ޢިޝްޤުގާ
ސޮފުޙާ ތަކެއް ނުލިޔާނަމޭ
ހަނދަކީ ކަލާ ..